އިހުޒަމާނުގައި އަންހެނުންނަކީ އަބަދުވެސް ބަޔަކަށް ބަރޯސާވާން މަޖުބޫރުވެފައިވާ ބައެކެވެ. އާއިލާއެއް ބެލެހެއްޓުމަކީ އެ މީހުންގެ ހަމައެކަނި ޒިންމާ ކަމަށް އޭރު ގަބޫލުކުރެވިފައި އޮތެވެ. ނަމަވެސް އެކަން މިއަދު މާޒީވެ ހިނގައްޖެ އެވެ. މިއަދު އަންހެނުންނަކީ އާއިލާއެއް ބިނާކުރުމުގެ އިތުރުން ވަޒީފާގެ މައިދާނުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މުޖުތަމައުގެ ބިންގަލެވެ. އެއާއެކު އަންހެނުންގެ ސިއްހަތާއި މާލީ ކުރިމަގު ރައްކާތެރިކުރުމުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެސް ވެއްޖެއެވެ.
މިގޮތުން، އަންހެނުންގެ މާލީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ އެކަށޭނަ އެއް ހައްލަކީ އެލައިޑް ތަކާފުލްގެ "ކަމަނަ ތަކާފުލް" އެވެ. އިސްލާމީ ޝަރީއާގެ މަތިވެރި އުސޫލުތަކާ އެއްގޮތަށް، ކަނބަލުންނަށް ހާއްސަކޮށްގެން ފަރުމާކުރެވިފައިވާ މި ޕްލޭނަކީ، ފަހަށް ރައްކާކުރުމާއި، މާލީ ރައްކާތެރިކަމުގެ އިތުރުން ލުއިފަސޭހަކަން ވެސް އެކުލެވިގެންވާ ގޮތަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ޕްލޭނެކެވެ.
މި ޕްލޭންގެ ޝަރުތުތައް:
ބައިވެރިވެވޭ އުމުރު: 18 އަހަރާއި 50 އަހަރާ ދެމެދު
މެޗުއާވާ އެންމެ ދޮށީ އުމުރު: 60 އަހަރު
އެންމެ ކުޑަކޮށް ނެގޭނެ ކަވަރޭޖް: 100،000 ދިވެހި ރުފިޔާ
މި ޕްލޭން މަސައްކަތްކުރަނީ ކިހިނެއް؟
މި ޕްލޭނުގެ ދަށުން ބޭނުންވާ ކަވަރޭޖުގެ އަދަދު އަދި މުއްދަތު އިހުތިޔާރު ކުރެވޭނެ އެވެ. ޕްލޭނަށް ދައްކަންޖެހޭ ފައިސާ ހިސާބުކުރެވޭނީ އިހުތިޔާރުކުރި ކަވަރޭޖުގެ އަދަދާއި މުއްދަތު އަދި އުމުރަށް ބެލުމަށްފަހު އެވެ.
މިސާލަކަށް 20 އަހަރަށް ބަހާލައިގެން 100،000ރ. ގެ ކަވަރޭޖެއް ނަގާނަމަ މަހަކު ދައްކަންޖެހޭނީ:
20 އަހަރުގެ އަންހެނެއް ނަމަ: 595ރ.
25 އަހަރުގެ އަންހެނެއް ނަމަ: 625ރ.
30 އަހަރުގެ އަންހެނެއް ނަމަ: 680ރ.
35 އަހަރުގެ އަންހެނެއް ނަމަ: 775ރ.
40 އަހަރުގެ އަންހެނެއް ނަމަ: 930ރ.
މި ޕްލޭންގެ މުހިންމު ބައިތައް:
އެމަޖެންސީ ފަންޑު: ދިރިއުޅުމުގައި ކުރިމަތިވާ ކުއްލި ކަންކަމަށްޓަކައި، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަވަރޭޖުގެ ފަސް ޕަސެންޓް ނެގޭނެ
މުއްދަތު ހަމަވުމުން ލިބޭ މަންފާ: ޕްލޭންގެ މުއްދަތު ހަމަވުމުން، ޖަމާކުރެވުނު ފައިސާއާއި ލިބުނު ފައިދާ އެކުގައި ލިބިގެންދާނެ
މަރުގެ ބެނެފިޓް: ޕްލޭން ނަގާ މީހާ ނިޔާވެއްޖެ ހާލަތެއްގައި، ކަވަރޭޖުގެ 100 ޕަސެންޓާއި އެހާތަނަށް ޖަމާވެފައިވާ ފައިދާ އާއިލާއަށް ލިބޭނެ
ކޮންމެ 3 އަހަރަކުން 1 ފަހަރު ކެންސަރު ސްކްރީނިން ހިލޭ ހެދުން.
ނުރައްކާތެރި ބޮޑެތި ބަލިތަކުގެ ކަވަރޭޖް: ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ބައްޔެއް ޖެހިއްޖެނަމަ، ފުރިހަމަ ޕޭއައުޓެއް ލިބޭނެ. އަދި ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ފައިސާ މާފުކުރެވި، ޕްލޭންގައިވާ ގޮތުގެ މަތިން އެހެނިހެން މަންފާތައް ކުރިއަށްދާނެ
ދާއިމީ ނުކުޅެދުންތެރިކަން: ދާއިމީ ގޮތެއްގައި ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޕޭއައުޓް އެއްކޮށް ލިބޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ފައިސާ މާފުކުރެވި، ޕްލޭންގައިވާ ގޮތުގެ މަތިން އެހެނިހެން މަންފާތައް ކުރިއަށްދާނެ
މި ޕްލޭން މަސައްކަތްކުރަނީ ކިހިނެއް؟މި ޕްލޭނުގެ ދަށުން ބޭނުންފުޅުވާ ކަވަރޭޖުގެ އަދަދު އަދި މުއްދަތު އިޚްތިޔާރުކުރައްވާށެވެ. ތިޔަބޭފުޅާ ދައްކަވަންޖެހޭ ފައިސާ ހިސާބުކުރެވޭނީ އިހުތިޔާރުކުރެއްވި ކަވަރޭޖުގެ އަދަދާއި މުއްދަތު އަދި އުމުރަށް ބެލުމަށްފަހުގައެވެ.
ބޭނުންވާ ލިޔެކިޔުންތަކަކީ ކޮބައި؟
ޕްލޭންގައި ބައިވެރިވާ ފަރާތާއި މަންފާ ލިބޭ ފަރާތުގެ (ބެނެފިޝަރީ) އައިޑީ ކާޑު ކޮޕީ
މެޑިކަލް ރިޕޯޓް (ބޭނުންވެއްޖެ ހާލަތެއްގައި)











ކޮމެންޓް