އަޅުގަނޑާއި ރައީސް މުއިއްޒަކާ ނުޖެއްސޭނެ, އަޅުގަނޑުމެންގެ ގުޅުން ވަރަށް ވަރުގަދަ: އަބްދުއްރަހީމް

މ
17 ނޮވެމްބަރު 2026 19:241 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله

އެ މަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއަކާ ނުޖެއްސޭނެ ކަމަށާއި ދެ ބޭފުޅުންގެ ގުޅުން ވަރަށް ވަރުގަދަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ ޓީވީ, ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ, އެ މަނިކުފާނާއި ރައީސް މުއިއްޒު އަދި ކެބިނެޓް މިނިސްޓަރުންވެސް ތިބީ ގައުމީ އެއްބަސްވުމެއްގެ މަތީގައި ކަމަށެވެ. އެ ވިސްނުމުގައި ތިބޭއިރުގައި އަމިއްލަ ފަރުދީ ހިތްހަމަނުޖެހުމަށްވުރެ އަބަދުވެސް އިސްކުރަނީ ގައުމީ މަސްލަހަތު ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ, އެ މަނިކުފާނާއި ރައީސް މުއިއްޒުއާ ދޭތެރޭގައި ހައްލުނުކުރެވޭވަރުގެ މައްސަލަތަކެއް ދިމައެއް ނުވާނޭ ކަމަށާއި އެކަން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ސާބިތުވެފައި އޮންނާނެ ކަމަށެވެ.

"އަޅުގަނޑު މިއަދުވެސް މި ދަންނަވަނީ ވަރަށް ކެރިގެން އަޅުގަނޑުމެން ދެ މީހުންނެއް ނުޖެއްސޭނެ. ވަރަށް އެކީގައި މިތިބީ. ވަރަށް ވަރުގަދައަށް އަޅުގަނޑުމެންގެ ގުޅުން އެބަ އޮތް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ," އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ވާދަވެރިން އެންމެ ބޭނުންވާނީ ޕީއެންސީގެ ތެރޭގައި ބައިބައިވުން އުފައްދައި, ސަރުކާރު ބަލިކަށިކުރަން ކަމަށާއި ނަމަވެސް ސަރުކާރުން ތިބީ އެ ފުރުސަތު އިދިކޮޅަށް ދޭ ގޮތަށް ނޫން ކަމަށެވެ. އެއަށްވުރެ ގައުމު މުހިންމުވެފައި, ރައްޔިތުންގެ ކުރިއެރުމަށް މާބޮޑަށް އިސްކަންދޭން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.