NEFSvfPmTjgRteomuCkadS1vvMEMYlkwF10w4ZYt

މަރުގެ އަދަބު ދޭން ރައީސް މުއިއްޒު އުޅުއްވަނީ ނިއުމަތްތައް މަތިން އޮހޭނެ ކަމަށް އަންގަވާފައިވާތީ: ޝުޖާ

މ
16 ނޮވެމްބަރު 2026 14:521 މިނިޓުގެ ކިޔުން
Aa

މަރުގެ ހުކުމް ތަންފީޒު ކޮށްފިނަމަ ނިއުމަތްތައް މަތިން އޮހިގެންދާނެ ކަމަށް މާތް الله ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ކަމަށާއި އެކަން ތަންފީޒުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ އެހެންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ, ކިތަންމެ ރީތި ސޫޓެއް ލާފައި ހުއްޓަސް الله އަންގަވާފައިވާ ގޮތަށް މަރުގެ އަދަބު ތަންފީޒު ނުކުރާ މީހާއަކީ އަނިޔާވެރިއެއް ކަމަށް الله ގުރުއާނުގައި ވަހީކުރައްވާފައިވާ ކަމަށެވެ.

"އެހެންވީމަ މިއީ ދެބަސްވުމެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން ޖެހޭނީ ހިތްވަރާއެކީގައި މިކަންކުރަން. ނިއުމަތްތައް އަޅުގަނޑުމެންގެ މަތިން އޮހިގެންދާނެ ކަމެއް ކަމަށް الله ވަހީކުރައްވާފައިވަނީ. އެހެންވީމަ ރައީސް މުއިއްޒު މިކަން ތަންފީޒުކުރައްވަން އެ އުޅުއްވަނީ," ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ޕީޕީއެމްގެ ވެރިކަމުގައިވެސް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން ހަމަޖެއްސި ނަމަވެސް އެކަން ތަންފީޒު ނުކުރެވުނީ ވެރިންގެ ފިނޑިކަމުން ކަމަށެވެ. މި ސަރުކާރުން އެކަން ތަންފީޒު ނުކޮށްފިނަމަ ރައީސް މުއިއްޒުވެސް ވެވަޑައިގަންނަވާނީ ފިނޑި ވެރިއަކަށް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީންވަނީ މިފަދަ ގާނޫނެއް މި އިއްޒަތްތެރި މަޖިލީހަށް އެ މަނިކުފާނު ފޮނުއްވާނީ އެ ހިތްވަރު, އެ ކެރުންތެރިކަން, الله އަންގަވާފައިވާ ގޮތަށް މިކަން ތަންފީޒުކުރުމުގެ ހިތްވަރު އެ މަނިކުފާނުގެ ކިބައިގައި ހުރީމަ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ," ޝުޖާއު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު