moosum

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަނީ، މޫސުމަށް ސަމާލުވެ ރައްކާތެރިވޭ!

ގ
15 ނޮވެމްބަރު 2026 17:271 މިނިޓުގެ ކިޔުން 1,141
Aa

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑެއް ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ މޫސުންވެސް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނީ، ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ. އެގޮތުން ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އިތުރަށް ބުނީ، މި ދުވަސްވަރު މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން ކަމަށާއި އެލްނީނޯ އެންމެ ބާރުގަދަވާނީ ޑިސެމްބަރު މަހު ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
4
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.