ޑުރަގް ބޭނުންކޮށް, ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މ. މާހަލް, އަބްދުއްހަންނާން އާދަމް (60އ) އެވެ.
ފުލުހުން ބުނީ, އޭނާ ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. އަތޮޅު ފުލުހުން ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު, ޑުރަގް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 53.2 ގްރާމް ހުރި ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
Read in English
60-year-old Malé man arrested for drug use and dealing











ކޮމެންޓް