India police - 2026-11-15T123930.007

ޖަމީލު, ރައީސް މުއިއްޒަށް: އިހުތިރާމުގެ ބިޔަ މަޝްރޫއެއް ފައްޓަންވާނީ އަމިއްލަ ނަފުސު އިސްލާހުކުރުމަށްފަހު ނޫންތޯ?

މ
15 ނޮވެމްބަރު 2026 12:401 މިނިޓުގެ ކިޔުން
Aa

އިހުތިރާމް ކުރުމުގެ އާދަތައް ދިރުވައި އާލާކުރުމަށް ސަރުކާރުން ރޭ ފެށި ބޮޑު ބިޔަ މަޝްރޫއު ފައްޓަވަންވާނީ އެންމެ ފުރަތަމަ ނަފުސު އިސްލާހުކުރުމަށްފަހު ނޫންތޯ, ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު, ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރައްވައިފި އެވެ.

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ނަން ޖަހާފައި ހުސް ގޮނޑިއެއްގެ ދެ ފަރާތުގައި ރައީސް މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިންނަވާ ފޮޓޯގަނޑަކާއެކު ޖަމީލު ކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒަށް އިތުރު ސުވާލުތަކެއްވެސް ކުރައްވާފައިވެ އެވެ.

"ގައުމެއްގެ ވެރިކަން ތިޔަ ލިބުނު ގޮތް ހަނދާން ނައްތާލާ އެކަމަށް ޝުކުރު ވެރިނުވި ފަރާތެއް އިތުރަށް ރައްޔިތުންނަށް ދަސްކޮށްދޭނެ އިހުތިރާމެއް އޮންނާނެތޯ؟ ޝުކުރިއްޔާ ރައީސް ޔާމީން، މިހެން ރައީސް މުއިއްޒަށް މިއަދާހަމައަށް ވިދާޅުނުވެވުނުއިރު، ހެޔޮކަމެއްގެ ބަދަލުގައި މުއިއްޒު ދައްކަވަނީ މުޅިންވެސް އަނިޔާވެރިކަން ނޫންތޯ؟," ޖަމީލު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ, ކަން މިހެން ހުރުމުން ހިންގަވަންވީ "އެންމެ ފުރަތަމަ ނަފުސުތައް އިސްލާހު ކުރުން’ މިފަދަ ކެމްޕެއިނެއް ކަމަށެވެ.

Read in English
Jameel to President Muizzu: Shouldn't a grand respect initiative begin with reforming yourself?
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.