ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ އާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ, އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފި އެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ އާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ, އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފި އެވެ.
އަދާލަތު ޕާޓީން އެގޮތަށް ނިންމީ, ރައީސް މުއިއްޒުގެ ވެރިކަމުގައި, ދީނުގެ ކަންކަން ހަރުދަނާކުރުމާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމާއި ގައުމުގެ އިގުތިސާދު ރަނގަޅުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން ފާހަގަކޮށް, ޕީއެންސީގެ ފަރާތުން މި ދައުރުގެ ބާކީ އޮތް މުއްދަތުގައްޔައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާއި ޕީއެންސީ އާއެކު މަސައްކަތް ކުރުމަށް އިއްތިހާދުވުމަށް އެ ޕާޓީއަށް ދިން ދައުވަތާ ގުޅިގެން މިރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ, ޕީއެންސީގެ އެ ދައުވަތު ގަބޫލުކުރަން ނިންމީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އެ ޕާޓީ އުފެދިފައިވާ މައިގަނޑު މަގުސަދު ކަމަށްވާތީ އާއި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް, ގުޅިގެން މަސައްކަތްކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ދެކޭތީ ކަމަށެވެ.
އެގޮތުން މަޝްވަރާ މަޖިލީހުން ތިން ކަމެއް ފާސްކޮށްފައިވެ އެވެ. އެއީ:
ޕީއެންސީގެ ރައީސް, ރައީސް މުއިއްޒުގެ ދައުވަތު ގަބޫލުކޮށް, މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ އާއެކު ކޯލިޝަން ހަދައި, ރައީސް މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުން
ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައަޅައި, އެއްބަސްވުން އެކުލަވާލުމަށްފަހު, ޕީއެންސީ އާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު އަދާލަތު ޕާޓީގެ ރައީސަށް ހަވާލުކުރުން











ކޮމެންޓް