897d0a9f-2207-4d4c-81d6-e349f55383bf

މުއްތަލިބް މަޖިލީހަށް ގެންދިޔަ ކަޅު ދަބަހުގައި އޮތީ އާރަށަށް ކުޅެންދިޔަ އިރު ގެންދިޔަ ބޫޓު: މުހައްމަދު އިސްމާއިލް

މ
16 ނޮވެމްބަރު 2026 12:331 މިނިޓުގެ ކިޔުން
Aa

ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ރޭ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި އިރު, ހިފައިގެން ދިޔަ ކަޅު ދަބަހުގައި އޮތީ އޭރަށަށް ކުޅެން ގެންދެވި ބޫޓު ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުހައްމަދު އިސްމާއިލް އެހެން ވިދާޅުވީ، ކަޅު ދަބަހެއް ހިފައިގެން މިނިސްޓަރު މުއްތަލިބް މަޖިލީހަށް ވަޑައިގަތީ ޕީއެންސީ މެންބަރުންނަށް ރިޝްވަތު ދިނުމަށް ކަމަށް ތުހުމަތުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މަޖިލީހުގައި ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ، މުއްތަލިބް މަޖިލީހަށް ގެންދެވި ދަބަހުގައި ޑޮލަރު ހުރި ކަމަށް ދޭހަވާ ގޮތަށް އިދިކޮޅު މެންބަރުން ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެފަދަ ދޮގު ވާހަކަތައް ދެއްކުން ރިޔާސަތުން ހުއްޓުވަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރޭގައި ހައުސިން މިނިސްޓަރު މިތަނަށް ކަޅު ދަބަހެއް ހިފައިގެން އައި ވާހަކަ އަޑުގަދަކޮށް ދައްކަވާއިރުގައި އެ މަނިކުފާނު އާރަށުގައި ކުޅެން ހުރެފައި ބޫޓާ އެއްކޮށް ގެނައި ދަބަހެއް އެ ދަބަހަކީ.އާ ރަށުން އައި ގޮތަށް މިތަނަށް އައީ އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އައީ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ރޭ މިނިސްޓަރު މުއްތަލިބުގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް މަޖިލީހަށް ވަޑައިގެން ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވާފައިވެ އެވެ. އެ ބޭފުޅުން މެންބަރުންނާ ބައްދަލުކުރެއްވީ ރިއަލް އެސްޓޭޓް ބިލު މިއަދުގެ މަޖިލީހަށް ހުށަހަޅަން އޮއްވަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު