Iran and Oman FM

ހުރްމުޒް ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން އޮމާނާއި އީރާނުން މަޝްވަރާކޮށްފި

ގ
17 ނޮވެމްބަރު 2026 12:131 މިނިޓުގެ ކިޔުން
Aa

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަދި އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރު އަލްބޫސައިދީއާ ބައްދަލުކުރައްވައި ސަލާމްކުރައްވަނީ

ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލުމުގެ ނިޒާމަށް ހުރަހެއް ނެތި ކުރިއަށްގެންދިއުމާ ގުޅޭގޮތުން އޮމާނާއި އީރާނާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އޮމާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިމަޝްވަރާތަކުގެ މުހިންމު ބައެއްގެ ގޮތުގައި ކުރިޔަށްގެންގޮސްފައިވަނީ ސްޓްރެއިޓް އޮފް ހުރްމުޒްގެ މަައްސަލައާއި އެމެރިކާއިން މިހާރު ހިސޯރުކޮށްފައިވާ އީރާންގެ ކަނޑުގެ ސަރަހައްދު ގެ ރައްކާތެރިކަމާއި ގުޅޭގޮތުންނެވެ.

ސްޓްރެއިޓް އޮފް ހުރްމުޒްގެދެކުނު އައްސޭރިފަށަށް ނިސްބަތްވާ އޮމާނަކީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އެއްގައުމެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އާއި އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރު އަލްބޫސައިދީއާ އިއްޔެ ބޭއްވި މިބައްދަލުވުން ބާއްވާފައިމިވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މި މުހިންމު ކަނޑުގެ މަގުގައި އީރާނުން ދަތުރުފަތުރަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، އެމެރިކާއިން ވަނީ ރައްދުގައި އީރާނުގެ ކަނޑުގެ ސަރަހައްދު ހިސޯރުކޮށްފައެވެ.

ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގު ކަމުގައިވާ ސްޓްރެއިޓް އޮފް ހުރްމުޒް އަކީ، ނުވަ މަސް ދުވަސްވީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގައި އަދިވެސް ހައްލެއް ނުލިބި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. މިހާތަނަށް ކުރެވުނު މަޝްވަރާތަކުން މިކަމުގައި އެދެވޭ ކުރިއެރުމެއް މިހާތަނަށް އަދި ވަނީ ނުލިބިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.