odisha-shopkeeper-beats-13-year-old-boy-to-death-over-a-biscuit-packet-tension-grips-balasores-nilagiri-2026-11-15-20-17-51

އިންޑިއާގައި ބިސްކޯދު ޕެކެޓެއް ވަގަށް ނެގި ކަމަށް ބުނެ 13 އަހަރުގެ ކުއްޖަކަށް އަނިޔާކޮށް މަރާލައިފި

މ
17 ނޮވެމްބަރު 2026 14:521 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބަލޭޝްވަރު ޑިސްޓްރިކްޓުގައި ބިސްކޯދު ޕެކެޓެއް ވަގަށް ނެގި ކަމަށް ބުނެ 13 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކޮށް މަރާލައިފި އެވެ.

ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ނީލަގިރީ ސަރަހައްދުގެ ތެންތުލީ ބާޒާރުގައި އާންމު މުދާ ވިއްކާ ފިހާރައެއް ހިންގަމުން އައި އުމުރުން 62 އަހަރުގެ މީހަކާއި އޭނާގެ 35 އަހަރުގެ ދަރިފުޅު ކަމަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ މީހަކު މެރުމު ކުށެވެ.

އެ މީހުން ހައްޔަރުކުރީ ކުއްޖާގެ މަރަށް އިންސާފު ހޯދައިދީ، ކުށްވެރިންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި އެ ކުއްޖާގެ އާއިލާއާއި އަވަށުގެ މީހުން އޭނާގެ ހަށިގަނޑާއެކު ކުރިއަށް ގެންދިޔަ 12 ގަޑިއިރުގެ އިހުތިޖާޖަކާ ގުޅިގެންނެވެ.

ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ, އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އެ ކުއްޖާ ބިސްކޯދު ޕެކެޓު ނެގި ފިހާރަ ފަހަތުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިންނެވެ. އަދި މަރުވި ކުއްޖާގެ ތިމާގެ މީހަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އެ ކުއްޖާއަށް އަނިޔާކުރި މީހުން ހިންގަމުންދިޔަ ފިހާރައަށް ގޮސް، ތަޅު ހަލާކުކޮށްލައިގެން ވަދެ ސީސީޓީވީ ފުޓޭޖް ހުރި ހާޑް ޑިސްކް ވަނީ ގެންގޮސްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.