މި ވަގުތު އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމިހުރުމަކީ ހިޔާނާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ އިސް ތަރުޖަމާނު އަދި ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ނަޒީރު އެކަން ހާމަކުރެއްވީ 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ނަޒީރު ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ، ޕީއެންސީގެ ސަރުކާރާ ގުޅި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައި ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ.
އަދާލަތު ޕާޓީން ސަރުކާރާއެކު އެ އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 16 ވަނަ ދުވަހުއެވެ.











ކޮމެންޓް