މިދިޔަ ތިން އަހަރު ތެރޭ 1.3 ޓަނުގެ ޑުރަގް އަތުލައިގެންފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މި ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިމަނައިގެން ރައީސް އޮފީހުން ނެރެފައިވާ ފޮތުގައިވާ ގޮތުން މިދިޔަ ތިން އަހަރަކީ ޑުރަގް އެންމެ ގިނައިން އަތުލައިގެން ތިން އަހަރެވެ.
އެގޮތުން މިދިޔަ ތިން އަހަރު ތެރޭ 1362 ކިލޯ (1.3 ޓަން)ގެ ޑުރަގް އަތުލައިގެންފައިވާއިރު އެ ތަކެތީގެ އަގަކީ 1.4 ބިލިއަން ރުފިޔާ ކަމަށް ބުނެފައިވެ އެވެ.
އެ ފޮތުގައި ވަނީ މިދިޔަ ދެ ސަރުކާރުގެ އަދަދާވެސް އަޅައިކިޔައިފަ އެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ޑުރަގް އަތުލައިގެން ކަމަށާއި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި 300 މިލިއަން ރުފިޔާގެ ޑުރަގް ކަމަށް އެ ފޮތުގައި ބުނެފައިވެ އެވެ.
އެ ފޮތުގައި ބުނެފައިވާ ގޮތުން ތިން އަހަރު ތެރޭ 20 ޑްރަގް ކެފޭއެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 15 ތަނަކާއި އައްޑޫގެ ހަތަރު ތަނަކާއި ފުވައްމުލަކުގެ ތަނެކެވެ.











ކޮމެންޓް