431166_3_06cc0177bc80196e09ed5913d0941c58a27bde8a

3 އަހަރު ތެރޭ ރާއްޖޭގައި ހަށިވިއްކަމުންދިޔަ 900 އަށްވުރެ ގިނަ ބިދޭސީއަކު ޑިޕޯޓްކޮށްފިން: ސަރުކާރު

މ
19 ނޮވެމްބަރު 2026 10:501 މިނިޓުގެ ކިޔުން
Aa

މިދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގައި ހަށިވިއްކަމުންދިޔަ 900 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިދިޔަ ތިން އަހަރުގެ ކާމިޔާބީތައް ހިމަނައިގެން ރައީސް އޮފީހުން ނެރުނު ފޮތުގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 104 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

އަދި އެކަމުގެ ތުހުމަތުވި 922 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށްވެސް އެ ފޮތުގައިވެ އެވެ.

ފޮތުގައި ބުނެފައިވާ ގޮތުން މިދިޔަ ތިން އަހަރު ތެރޭ 922 ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުން ބަރަހަނާ ފޮޓޯ ވިއްކައި ހަށިވިއްކުން ޕްރޮމޯޓް ކުރާކަން ފާހަގަވެ ހުއްޓުވާފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.