ނ. ހެނބަދޫގައި ފެނަކައިން ހެދި ކުޑަކުދިންގެ ޕާކު
މިދިޔަ ތިން އަހަރު ތެރޭ 694 މަޝްރޫއު ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކުގެ ތަފުސީލީ ހިމެނޭ ފޮތެއް އިފުތިތާހު ކޮށްދެއްވައިފަ އެވެ.
ރައީސްގެ ވެބްސައިޓުގައި އޮންލައިންކޮށް ބަލާލެވޭ އެ ފޮތުގައި ބުނެފައިވާ ގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި 694 މަޝްރޫއުއެއް ނިންމާފައިވާއިރު, 1,246 މަޝްރޫއު މިހާރުވެސް ހިނގަމުންދެ އެވެ.
އެންމެ ގިނަ މަޝްރޫއުތައް ނިމިފައިވާ ކަމަށް ދައްކަނީ ރ. އަތޮޅުގައެވެ. އެ އަތޮޅުގައި މި ތިން އަހަރުގެ ތެރޭގައި 65 މަޝްރޫއެއް ނިންމާފައިވާ ކަމަށް ދައްކާއިރު, ހއ. އަތޮޅުގައި 56 މަޝްރޫއެއް, ށ. އަދި ބ. އަތޮޅުގައި 55 މަޝްރޫއެއް ނިމިފައިވާ ކަމަށް އެ ފޮތުގައިވެ އެވެ.
ނަމަވެސް އެއްވެސް ރަށެއްގައި ނިމިފައިވަނީ ކޮން މަޝްރޫއުތަކެއް ކަމެއް އެ ފޮތުގައި ނެތެވެ.
އަތޮޅުތަކާއި އެ އަތޮޅުތަކުގައި މަޝްރޫއުތައް ނިމިފައިވާ އަދަދުތައް:
ހއ. އަތޮޅު: 56 މަޝްރޫއުއެއް
ހދ. އަތޮޅު: 50 މަޝްރޫއެއް
ށ. އަތޮޅު: 55 މަޝްރޫއެއް
ނ. އަތޮޅު: 49 މަޝްރޫއެއް
ރ. އަތޮޅު: 65 މަޝްރޫއެއް
ބ. އަތޮޅު: 55 މަޝްރޫއެއް
ކ. އަތޮޅު: 22 މަޝްރޫއެއް
އއ. އަތޮޅު: 32 މަޝްރޫއެއް
އދ. އަތޮޅު: 35 މަޝްރޫއެއް
ވ. އަތޮޅު: 17 މަޝްރޫއެއް
މ. އަތޮޅު: 34 މަޝްރޫއެއް
ފ. އަތޮޅު: 17 މަޝްރޫއެއް
ދ. އަތޮޅު: 26 މަޝްރޫއެއް
ތ. އަތޮޅު: 49 މަޝްރޫއެއް
ލ. އަތޮޅު: 32 މަޝްރޫއެއް
ގއ. އަތޮޅު: 24 މަޝްރޫއެއް
ގދ. އަތޮޅު: 21 މަޝްރޫއެއް
ސ. އަތޮޅު: 4 މަޝްރޫއެއް
ފޮތުގައިވާ ގޮތުން 895 މަޝްރޫއެއް ފަށަން ވަނީ ތައްޔާރުވެފަ އެވެ. އެ މަޝްރޫއުތަކުގެ ތަފުސީލެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.











ކޮމެންޓް