6412

ދިޔަމިގިލީ ސްކޫލުގައި ސިފައިން އިމާރާތްކުރި 3 ބުރި އިމާރާތުގެ މަސައްކަތް 8 މަސް ތެރޭ ނިންމާލައިފި

މ
22 ނޮވެމްބަރު 2026 09:441 މިނިޓުގެ ކިޔުން
Aa

ތ. ދިޔަމިގިލީ ސްކޫލުގައި އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ)ގެ ސިފައިން އިމާރާތްކުރަން ފެށި ތިން ބުރި އިމާރާތުގެ މަސައްކަތް ނިންމާލައިފި އެވެ.

ދިހަ ކްލާސްރޫމް ހިމެނޭ އެ އިމާރާތުގެ މަސައްކަތް ސިފައިން ފެށީ މި އަހަރުގެ މާރިޗް 31 ގައެވެ. އެ މަސައްކަތް ނިންމާލީ އިއްޔެ އެވެ.

އެމްއެންޑީއެފުން ބުނީ, އެ އިމާރާތް ނިންމާލުމަށް ސިފައިން ރެއާއި ދުވާލު ވަރަށް ގިނަ މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށް, ސިފައިން އިތުރު ކޮލަމްތައް ޖަހައި ސްޓްރަކްޗާ ވަރުގަދަކޮށްފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި ރޭނުމާއި ސިމެންތި ޖެހުމާއި ކުލަލުމާއި ފުރާޅުގެ މަސައްކަތްތަކާއި ކްލާސްރޫމްތަކާއި ފާހާނާތަކާއި ސިޑިގޮޅި ސީލިންކޮށް ތަށިމުށި ޖެހުމުގެ އިތުރުން ކޯރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކޮށް ދަވާދުލުމާއި ފާހާނާތައް ފެންވައިރުކޮށް، ފާހާނާ ހޮޅި އަޅައި، ތަށިތަކާއި ފާހާނާގެ އެހެނިހެން ބައިތައް ހަރުކުރުމާއި ކަރަންޓް ނަރުތައް އެޅުމާއި ބޮކިފަންކާ ޑީބޯޑު ފަދަ އެންމެހާ ބައިތައް ހަރުކުރުމާއި އައިސީޓީއަށް އަޅަންޖެހޭ ނަރުތައް އެޅުމާއި ސާވާރެކް ޕީއޭ ސިސްޓަމް ފަދަ އެންމެހާތަކެތި ހަރުކުރުމާއި ފަޔާ އެކްސްޓިންގްއިޝްގެ މަސައްކަތްވެސް ކުރީ ސިފައިންނެވެ.

އެމްއެންޑީއެފުން ބުނީ, އެ މަސައްކަތް ފެށުނީއްސުރެ މަސައްކަތް އެއްކޮށް ނިމެންދެން ދިޔަމިގިލީ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާކާއި ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު އަމަލީގޮތުން މަސައްކަތުގައި ބައިވެރިވި ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.