2_Suspects_4_dd44bd93a5

ފެރިދޫގައި ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ދެ މީހަކު ހައްޔަރުކޮށްފި

މ
22 ނޮވެމްބަރު 2026 19:481 މިނިޓުގެ ކިޔުން
Aa

އއ. ފެރިދޫގައި ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ފެރިދޫ އާދަމް ނިމާލް (44އ) އާއި އެ ރަށު/ ބިލަމަގުމާގެ, އަލީ އާމިރު (43އ) އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރީ ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކޮށް އެ ތަކެތި ގެންގުޅެ, ބޭނުންކުރާކަމުގެ ތުހުމަތުގައި, ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ފެރިދޫ ޕޮލިސް އަދި މާޅޮސް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން އާދަމް ނިމާލް މި މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރި އިރު, އަލީ އާމިރު ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ, އާދަމް ނިމާލް ހައްޔަރުކޮށް, އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު ޑުރަގް ހުރި 21 ރަބަރު ޕެކެޓާއި ޑުރަގް ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އަލީ އާމިރު ހައްޔަރުކޮށް, އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު, ޑުރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓާއި ޑުރަގް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ, މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.  

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު