images (25)

އިޓަލީގެ ގަހަނާ ޑިޒައިނަރު އަދި ވިޔަފާރިވެރިޔާ ޕައޮލޯ ބުލްގާރީ، އުމުރުން 89 އަހަރުގައި މަރުވެއްޖެ

މ
23 ނޮވެމްބަރު 2026 10:122 މިނިޓުގެ ކިޔުން
Aa

އިޓަލީގެ ގަހަނާ ޑިޒައިނަރު އަދި ވިޔަފާރިވެރިޔާ ޕައޮލޯ ބުލްގާރީ، އުމުރުން 89 އަހަރުގައި ރޯމްގައި މަރުވެއްޖެ އެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާއިލާއިން އޭނާ މަރުވިކަން އިއުލާނުކުރަމުން ސިފަކޮށްފައިވަނީ އޭނާއަކީ އެ ޒަމާނުގައި ދުށް އެންމެ މޮޅު ގަހަނާ ޑިޒައިނަރުގެ ގޮތުގައެވެ.

ޕައޮލޯ ބުލްގާރީ އަކީ 1984 ވަނަ އަހަރުން ފެށިގެން ބުލްގާރީ ގްރޫޕުގެ ޗެއާމަނެވެ. އެ ބްރޭންޑުގެ ގަހަނާތަކަކީ ހޮލީވުޑްގެ ތަރިންނާއި ވޭލްސްގެ ޕްރިންސެސް ޑަޔާނާ ހިމެނޭހެން ޝާހީ އާއިލާތަކުގެ ބޭފުޅުން ޒީނަތްތެރިވެވަޑައިގެންނެވި މަގުބޫލު ގަހަނާތަކެކެވެ.

ބުލްގާރީ ކުންފުނިން އޮންލައިންކޮށް އޭނާއަށް ތައުޒިޔާ ކިޔަމުން ބުނެފައިވަނީ، އޭނާއަކީ އުފެއްދުންތެރިކަމުގެ ހަގީގީ ރޫހު ކަމަށާއި އޭނާގެ މަސައްކަތްތަކުން އަންނަން އޮތް ޖީލުތަކަށް އަބަދުވެސް ހިތްވަރު ލިބެމުންދާނެ ކަމަށެވެ.

ބުލްގާރީ ކުންފުންޏަކީ 19 ވަނަ ގަރުނުގެ ފަހުކޮޅު ރޯމްގައި، ޕައޮލޯ ބުލްގާރީ ކާފަ، ގްރީކްގެ ރިހީގެ މަސައްކަތްކުރާ ސޮޓީރިއޯސް ވުލްގަރިސް އުފެއްދި ކުންފުންޏެކެވެ. އޭނާ ފަހުން ވަނީ އޭނާގެ ނަން އިޓަލީ ބަހުން ކިޔާ ގޮތަށް "ބުލްގާރީ" އަށް ބަދަލުކޮށްފަ އެވެ.

ގަހަނާގެ މަސައްކަތަށް މަޝްހޫރު، ހުޅަނގު އުތުރު ގްރީސްގެ އެޕީރަސް ސަރަހައްދުގެ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ޕަރަމީތިއާއަށް އުފަން ވުލްގަރިސް ވަނީ، އުސްމާނީ ވެރިކަމުގެ ސަބަބުން އެ ގައުމު ދޫކޮށް ގޮސް ނޭޕަލްސްގައި ވަޒަންވެރިވެފަ އެވެ. އަދި އޭގެ ފަހުން ރޯމްގައި ފިހާރައެއް ހުޅުވި އެވެ.

ޕައޮލޯ ބުލްގާރީ ސްކޫލް ނިންމުމަށްފަހު އެ ކުންފުންޏާ ގުޅި، ޖަވާހިރުގެ މާހިރަކަށްވި އެވެ. އެންމެ ފަހުން ވިޔަފާރީގެ އިސް ސަފަށް ނުކުމެ، އެ ބްރޭންޑް ބައިނަލްއަގުވާމީ ފެންވަރަށް ފުޅާކުރުމުގެ މަސައްކަތް އޭނާ ބެލެހެއްޓި އެވެ.

ޕެރިހުގެ ގަހަނާ އުފައްދާ ތަންތަނުގެ ނާޒުކު ފަރުމާތަކާ ތަފާތުކުރުމުގެ ގޮތުން، ބުލްގާރީ އާއިލާއިން އިސްކަންދިނީ ބޮޑެތި ޖަވާހިރަށާއި ގަދަ ރީނދޫ ރަނާއި އާދަޔާ ހިލާފު ކުލަތައް އެކުލެވޭ ފަރުމާތަކަށެވެ. އަދި ގަހަނާގެ އިތުރުން ގަޑި، ސެންޓު، ލެދަރު ސާމާނު އަދި ހޮޓާ ވިޔަފާރިއަށް ވެސް ފުޅާކުރި އެވެ.

ޕައޮލޯ ބުލްގާރީ އޭނާގެ ބައްޕަ އާއެކު މަސައްކަތް ފެށީ 1960 ގައެވެ. އަދި އަގުބޮޑު ޖަވާހިރު ހެދުމުގެ އިލްމު ހޯދި އެވެ. އޭނާއަކީ އެ ދާއިރާއިން ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް މާހިރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.