ބޮލީވުޑްގެ ޖޯޑު، ކިއާރާ އަދުވާނީ އާއި ސިދާތު މަލްހޯތުރާ އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު، އެ މީހުންގެ ހަޔާތަށް 1.12 ކްރޯޑް ރުޕީސްގެ އަޕްގްރޭޑެއް ގެނެސްފި އެވެ.
އެ އަޕްގްރޭޑަކީ 1.12 ކްރޯޑް ރުޕީސް ނުވަތަ ދެ މިލިއަން ދިވެހި ރުފިޔާގެ ޓޮޔޯޓާ ކާރެކެވެ. މުމްބާއީގެ ފޮޓޯގްރާފަރެއް ވަނީ ކިއާރާ އާއި ސިދާތު ގަތް ކާރު އެ ދެމަފިރިން ދިރިއުޅޭ ގެއަށް ވައްދާތަން ވީޑިއޯކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސިދާތު ވަނީ ކިއާރާއަށް 1.12 ކްރޯޑް ރުޕީސްގެ ލަގްޒަރީ ކާރެއް ކަމަށްވާ ޓޮޔޯޓާ ވެލްފަޔާއެއް ހަދިޔާކޮށްފަ އެވެ.
އަލަތު ދަރިފުޅު ލިބުމުގެ ކުރިން ކިއާރާ އާއި ސިދާތު ދަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިދިޔަ މަހު އެ ދެމަފިރިން ވަނީ މުމްބާއީން ގެއަށް ބަލަމުން ދަނިކޮށްވެސް ފެނިފަ އެވެ.
އަލަތު ދަރިފުޅަށް ބަލިވެ އިންކަން ކިއާރާ އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.




3 Comments
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15