އެޕްރީލް 18 ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއި އޭނާ އާއެކު އެ ގޭގައި އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ހިމެނޭ ހެން މި މައްސަލާގައި ފުލުހުން ވަނަވަރު ހާމަކުރި އެންމެންގެ ފޯނުތައް ތަހުގީގަށް ހިފަހައްޓައިފި އެވެ.
ޔުމްނު ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު ކަމަށް ފުލުހުން ބުނާ މީހުންގެ ފޮޓޯއާއި ވަނަވަރު ވަނީ އާންމުކޮށްފަ އެވެ. އެ އެންމެންގެ ފޯނު އަތުލުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއް ހޯދި އެވެ. ނަމަވެސް ނަމަވެސް މިއަދާ ހަމައަށް ފުލުހުން ހިފަހައްޓާފައި އޮތީ ހަތް މީހުންގެ ފޯނެވެ.
އިތުރު ދެ މީހެއްގެ ފޯނު ހިފެހައްޓާފައިވާކަން ފުލުހުން ކަށަވަރުކޮށްދިނީ މިއަދު އެވެ. އަމުރު ނެރުނުތާ އެއް ދުވަސް ފަހުން ފޯނު ހިފެހެއްޓީ ކޮން ދެ މީހެއްގެ ކަމެއް ނޭނގެ އެވެ.
މި މައްސަލައާ ގުޅިގެން ޔުމްނު ދިޔަ ޕާޓީގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ ފޯނު ހިފެހެއްޓި ނަމަވެސް ހައްޔަރުކޮށްފައި ވަނީ ރައުދު އެކަންޏެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށް މީގެ ކުރިން ފުލުހުން ބުނި ނަމަވެސް، ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
”ތަހުގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،“ ރައުދުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.




3 Comments
ގުޅުންހުރި
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ ނަޝީދު ކަމަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ޕާކިސްތާނުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް އަފްޣާނިންތާނަށް
ކުޑަކުދިން ހުކުރު ހުތުބާއަށް ޝައުގުވެރިކަން އުފައްދަން ކުއިޒްއެއް، އެއްވަނައަށްދާ ކުދިން އުމްރާއަށް!