އެޕްރީލް 18 ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21އ، އިތުރު ފަރުވާއަށް މިރޭ މެލޭޝިއާއަށް ފުރުވާލައިފި އެވެ.
ވެއްޓުނު ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެވެ. އޭގެ ފަހުން އޮތީ އައިސީޔޫގަ އެވެ. ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން ބޭނުންވީ އޭނާ މެލޭޝިއާއަށް ގެންދާށެވެ. އެއީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ.
ޔުމްނު މެލޭޝިއާއަށް ފުރުވާލީ ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްގަ އެވެ. އޭނާގެ ފަރުވާއަށް 57،000 އަށްވުރެ ގިނަ ޑޮލަރު (878،940ރ) ބޭނުންވެ އެވެ. ނަމަވެސް އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައި ދިނީ 25،000 ޑޮލަރު (385،500ރ.) އެވެ.
ޔުމްނުގެ އާއިލާ އިން ބުނީ، ފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނި ނަމަވެސް ހުރިހާ ހަރަދެއްގައި ހިފެން ނެތް ކަމަށް މިއަދު އެންގި ކަމަށެވެ. އެހެންވެ އާއިލާ އިން މިރޭ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަންޑްރައިޒް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.
އާއިލާ އިން ބުނެފައިވާ ގޮތުން މިރޭ 7 ޖަހާކަންހާއިރު ފެށި ފަންޑްރައިޒް ހަރަކާތަށް ދޮޅު ގަޑިއިރު ތެރޭގައި ޔުމްނުގެ ފުރަތަމަ ސާޖަރީ އަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު ރައުދު އަހުމަދު، 21، އެވެ.

72 Comments
ގުޅުންހުރި
ޕީޖީން އެދިގެން ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި
އެއްބާރުލުން ނުދޭ ވާހަކައަކީ ދޮގެއް، ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ޔުމްނުގެ ވެއްޓުނު މައްސަލަ ތަހުގީގު ނިމެންދެން ކޮމިޝަން ދެމި އޮންނާނެ