ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓެއްގެ ކޮޓަރިއެއްގެ ތެރެއިން ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، 21 އަހަރުގެ އެ އަންހެން މީހާ އުޅޭ ކޮޓަރި ތެރެއިން ރޯ އަޑު އިވޭ ކަމަށް ބުނެ މިއަދު ހެނދުނު 6:05 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކުރީ އަންހެން މީހާގެ އާއިލާ އިން ކަމަށެވެ. އާއިލާ އިން ރިޕޯޓް ކުރީ އެ އަންހެން މީހާ އުޅޭ ކޮޓަރި ނުހުޅުވިގެން ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ ރިޕޯޓާ ގުޅިގެން ފުލުހުން އެޓެންޑުވެ، ގަދަކަމުން ދޮރު ހުޅުވައި ބެލި އިރު އަންހެން މީހާ އޮތީ ހަބަރު ހުސްވެފައި ކަމަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އަންހެން މީހާ އޮތް ކޮޓަރި ތެރޭގައި އިތުރު މީހަކު ނެތް ކަމަށާއި ނަމަވެސް އެޕާޓްމަންޓް ތެރޭގައި އާއިލާ މީހުން ތިބި ކަމަށެވެ.




7 Comments
ގުޅުންހުރި
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،