ޖޫން 20, 2025

ސިނގިރޭޓް ވިއްކާއިރު އައިޑީކާޑް ޗެކްކުރުން ލާޒިމު ކުރަން ހުށަހަޅައިފި

ސިނގިރޭޓް ވިއްކާއިރު އައިޑީކާޑް ޗެކްކުރުން ލާޒިމު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެގޮތަށް ހުށަހަޅާފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވާފައިވާ ބިލުގަ އެވެ. އެ ބިލުގައިވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަަށެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ތަނަކުން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ.

ސިނގިރޭޓް ގަންނަނީ ކާކުކަން ނޭނގޭ ގޮތަށް، ވެންޑިން މެޝިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލަންކޮށް އަދި އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް މާއްދާގައި ހިމަނައިފަ އެވެ. އޭގެ އިތުރުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަނަކުންވެސް އެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެ ގަންނަ މީހަކީ، ދުންފަތުގެ ބާވަތްތައް ގަތުމަށް މިގާނޫނުން މަނާކޮށްފައިވާ ފަރާތެއް ނޫންކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ހިމަނައިފަ އެވެ.

”ދުންފަތުގެ ބާވަތް ގަންނަ ފަރާތަކީ އެފަދަ ފަރާތެއް ކަމަށް ބެލެވޭނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ، އެ ފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިއުމެއް ދެއްކުމަށް އަންގައި، އެ ލިއުން އެފަރާތުން ދެއްކުމަށްފަހު މެނުވީ ދުންފަތުގެ ބާވަތެއް ވިއްކައިގެންނުވާނެ،“ ބިލުގައި ހިމަނައިފައިވެ އެވެ.

މީގެ އިތުރުން އެ ބިލުގައި ޖެނުއަރީ އެކެއް 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށާއި އުމުރުން 21 އަހަރު ވެފައިނުވާ އެންމެނަށް ދުންފަތް މަނާވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

17 Comments

  • Azmee Ali އޭޕްރިލް 29, 2025

    Adhu Nyzadh good morning

  • ماشطة آدم އޭޕްރިލް 29, 2025

    Alhe monitor nukuranya keehkuran kuraa kameh mihaaruves thi fehnna board huna than thaaga thiben hama boe nagany. Vape ves use kurey fehnna baeh haraamun haraam. 🤦🏼‍♀️

  • Shary Abdullah އޭޕްރިލް 29, 2025

    Vape manaa cigarette manaa ekam drags ok mee konkahala kameh

  • Aisha Moosa އޭޕްރިލް 29, 2025

    Thiya bunaa ehcheh ethere kurun manaa kohbala thiya hurihaa sakaraatheh nujahaa

    • Lilly De Fleur އޭޕްރިލް 29, 2025

      Aisha Moosa ekan nether kureveykah side business key AE , adhi eyge share libey so keehkuran huhtuvani

    • Aisha Moosa އޭޕްރިލް 29, 2025

      Lilly De Fleur aan , masthuvaa ehchihi cigarette mee aamu rahyithunnah manaa ehchihi ethere kurun ves buin ves sarukaaru mathi fadee thibey beyfulhun meegen muhsandhi vaa iru komme sarukaareh othas

      • Lilly De Fleur އޭޕްރިލް 29, 2025

        Exactly

  • Baagir Saleem އޭޕްރިލް 29, 2025

    Drugs ethere koh vikka beynun kuran NSPA card otha ?

    Thiya ehchehi ethere nukureema nimuny nu.🤦‍♂️🤦‍♂️

  • Tom De Nero އޭޕްރިލް 29, 2025

    Mihaaru 250 ah vikkaa foshi 350 ahvikkabala.. sarukaarah 100rf

  • Marie Moosa އޭޕްރިލް 29, 2025

    Drug maa aguheyo mee dhekolhu nujehey kanthah

  • Imma Maldivz އޭޕްރިލް 29, 2025

    Abdul Wahhab kawai ne

    • Abdul Wahhab އޭޕްރިލް 29, 2025

      Imma Maldivz yeah

  • Aflaan Afu އޭޕްރިލް 29, 2025

    Cigarette vahaka abadhu dhakany..olhigenves masthuva thakethyge vahaka nudhakka..

  • Shameen Jihad އޭޕްރިލް 29, 2025

    **ހީވަނީ މާގިނަ ދުވަހެއްނުވެ އާސަންދައިން ފެގުދޫކުރާނެހެން!
    Shah Hussain 🤣😹

  • Samy Dhonko އޭޕްރިލް 29, 2025

    ID expired 😭

  • Abdhullaa Kaleem އޭޕްރިލް 29, 2025

    Id card laigen halaabala

  • Asley Lulu އޭޕްރިލް 29, 2025

    Ibrahim Faisal

Leave a Reply to Aflaan Afu Cancel reply