ސަރުކާރުގެ ވަޒީރުން އުޅުއްވަނީ ސައިޒުން އޮޅިގެން ކަމަށާއި އެފަދަ ވަޒީފުން ސައިޒަށް ތިރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް މިއަދު ގޮވައިލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްބާސް ވިދާޅުވީ ހުރިހާ ވަޒީރުން ވެސް މެންބަރުންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އައްބާސް ވިދާޅުވީ ބައެއް ވަޒީރުން މިހާރު އުޅުއްވަނީ މަޖިލިސް މެންބަރުންގެ ފޯނު ކޯލުތަކަށް ވެސް ޖަވާބުދާރީވެވަޑައިނުގަންނަވައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވެސް ހާޒިރުވެނުވެ ކަމަށެވެ.
”ވަޒީރުންނަކީ މިއަދު ވަޒީރުންގެ ޓައި އަޅުއްވައިގެން އުޅުއްވި ކަމުގައިވިޔަސް އަދި ދިދަ ޖެހި ކާރުކޮޅުގައި އުޅުއްވި ކަމުގައިވިޔަސް ވަޒީރުން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ސައިޒުވެލަން، ތިމާމެން މާދަމާ ވަޒީރުކަމުގައި ނުހުރެދާނެ ކަމާއި ވަޒީރުކަމާ ހަވާލުކޮށް މަތިކޮށްފައިވާ ޒިންމާ އަދާ ނުކޮށްފި ނަމަ ވަޒީރުން ގެއަށް ފޮނުވައިލަފާނެ ކަމާ މިކަންކަން އެބަޖެހޭ ވަޒީރުން ވަރަށް ބޮޑަށް ވިސްނަން އިއްޒަތްތެރި ރައީސް،“ އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އެފަދަ ގޮތަކަށް މެންބަރުންނަށް އިހުތިރާމް ކުޑަކޮށް އުޅެނީ ބައެއް ވަޒީރުން ކަމަށެވެ.
”ބައެއް ވަޒީރުން އެ ބޭފުޅުންނަކީ މާމަތީ ބައެއް ކަމަށް، މާބޮޑު އަބުރަކާއި އިއްޒަތަކާއި ގަދަރުވެރިކަމަކާއި ޝަރަފަކާއި ޖާހަތަކާ ލިބިގަނެގެން އުޅޭ ބައެއް ކަމަށް ހެދިގަނެގެން އުޅެނީ އިއްޒަތްތެރި ރައީސް، އެހެނެއް އެކަން ވެގެން ނުވާނެ،“ އައްބާސް ވިދާޅުވި އެވެ.
”ވެރިކަން ކުރާ ޕާޓީން ވެސް ވަކި ވަރަކަށް އެ ވަޒީރަކު ހިމާޔަތް ކުރާނީ، ކެތް ނުވާވަރު ވީމާ ހަފޮޅުން ބޭރުކޮށްލާނެ އިއްޒަަތްތެރި ރައީސް.“
ވަޒީރުން އެފަދަ އަމަލުތަކުގެ ސަބަބުން މަޖިލީހުގެ މަސައްކަތައް ހުރަސް އެޅެމުންދާ ކަމަށް އައްބާސް ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި