ސަރުކާރުން ދޭ ސްކޮލާޝިޕާއި ލޯން ސްކީމްގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުން ފޮނުވާ ސިޓީޓަކާއި އީމެއިލްތަކަށް ތިން ދުވަހުގެ ތެރޭގައި ޖަވާބުދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ލިޔުމުން ފޮނުވި ސިޓީގައި ހައިދަރު ވިދާޅުވީލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ބަލަހައްޓާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ހައިދަރު ވިދާޅުވީ ބައެއް ދުވަސްވަރު އެ އަދަދު އެއަށްވުރެ ވެސް އިތުރުވާ ކަމަށެވެ.
އީމެއިލްތަކާއި ސިޓީތަކަށް އެންމެ ގިނަވެގެން ވެސް ހަތް ދުވަހުގެ ތެރޭގައި ޖަވާބުދެވޭތޯ ބަލާފައިވާނެ ކަމަށާއި އެކަމަކު، އެ މުއްދަތު ވެސް ކުރުކޮށް، މިހާރު ތިން ދުވަހުގެ ތެރޭގައި ސިޓީތަކާއި މެއިލްތަކަށް ޖަވާބުދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ހައިދަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދަރިވަރުންނަށް އެކަށިގެންވާ އަވަސް މިނެއްގައި ޖަވާބުދޭން މިނިސްޓްރީގައި ކޯލް ސެންޓަރެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ހައިދަރު ވިދާޅުވީ، ލޯނާއި ސްކޮލާޝިޕްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ވެސް އެގޮތަށް ލިބޭ ސުވާލުތައް އިތުރުވާ ސަބަބެއް ކަމަށެވެ. އެ ގޮތުން، މި އަހަރާއި މިދިޔަ އަހަރު ކުރިން ރާވާފައި އޮތް ވަރަށް ވުރެ ގިނަ ދަރިވަރުންނަށް ލޯން ސްކީމް ދޫކުރުމުގެ ސަބަބުން ދަރިވަރުންނާ މުއާމަލާތްކުރަން ޖެހުނު ވަރު އިތުރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން