ޖުލައި 2, 2025

މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން ދޫކޮށްލަން ސުއޫދު ގޮވާލައްވައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން ދޫކޮލަން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ގޮވާލައްވައިފިއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މާލެ، މ. ހަސްތީ، އާއިޝަތު ޝިމަން އަހުމަދު (19އ) އެވެ.

އެ މީހުން ހައްޔަރުކުރުމާ ގުޅިގެން ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ސުލްހަވެރިކޮށް މުޒާހަރާ ކުރަމުންދިޔަ ބަޔަކު ހައްޔަރު ކުރަން ދެއްކޭނެ އުޒުރެއް ނޯންނާނެ. އެމީހުން ހަމައެކަނި ގޮވައިލަމުންދިޔައީ އިންސާފުވެރި ފުލުހުންގެ ތަހުގީގަކަށް. ސަރުކާރުން އެމީހުން ވަގުތުން މިނިވަން ކުރަންޖެހޭ،“ ކަމަށެވެ.

އެ ދެ ޒުވާނުން ހައްޔަރުކުރުމަށްފަހު ފުލުހުން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދިނުމުގެ ސަބަބުން ކަމަށާއި ޝިމަން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ސަބަބުންނެވެ.

ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ މުޒާހަރާ ރޫޅާލުމުގެ ތެރެއިންނެވެ.

ފުލުހުން ރޭ ބުނެފައިވަނީ، އެ މުޒާހަރާ ރޫޅާލަން ޖެހުނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާކުރަނިކޮށް ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ ގޮވާލައިފައެވެ. ޒުވާނުން މުޒާހަރާކުރަނީ އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކޮށެވެ.

 

15 Comments

  • Farishath Fathimath މެއި 2, 2025

    Aa kamakaa nulaa hifaa aniyaa kuree

    • Ahmed Midshan މެއި 3, 2025

      Farishath Fathimath no comment 😂😂

    • Sultan Ameeru Sultan Ameeru މެއި 11, 2025

      Farishath Fathimath kamakaa nulaabaa ehmeehun hahyaru kurevunee .. geiga madhun filaavalhudhaskuran thibaa baave ehaa yageen kamaa ehku ehkan ehen hingaafai vaa kamahvehjeyaa ok mai raskalange gandhee huvaa kohlavahfa javaabu dhareevelabala…

  • Shareefa Manike މެއި 2, 2025

    Ilmuverin hayyaru koh vaanuvaa jahaafa behehti iru meena kobaa

    • IR Ibbe މެއި 2, 2025

      Shareefa Manike e ee ekan kuran baaru elhi meehaa eyruga.

  • Hassan Mohamed މެއި 2, 2025

    ރ އިބޫގެ މަރާއިބެހޭ ބޮޑު މީހާ ބުނީމަަ ދޫކޮއްލަންޖެހޭނެ މިކަހަލަ ފަޑިޔާރުން ގިނައިން އުޅޭނީ ޕާކިސްތާނުގެ ކިބަޅި ފަާރާތުގަ 😄😄😀😃😃

  • Ahmed Shafeeq މެއި 2, 2025

    Thuthuga inneviru kiyaa lavaya mihaar kiyaa lava varah thafaathu, dhah kavan huri thaneh dhahkavaane

  • Hawwyy Hawwa Sameer މެއި 2, 2025

    Dhookohlaane kalo😂😂

  • Nizar Ali މެއި 2, 2025

    mdp poadiam in fandiyaru geah fandiyaru gein mdp poadiam ah.

  • Hassan Zareer މެއި 3, 2025

    Ragalhu gothakee mada madun dhurajjehi reethi koh hurun mihaaru huri misraabun netti dhuniyevey ehen kommeves gotheh khiyaarukuravvaa , , ,

  • Ahmed Midshan މެއި 3, 2025

    Burun thuruthu alhaa varuge ehcheh thi buny 😂

  • Sha Ibrahim މެއި 3, 2025

    Keevetha kurin mi soodhu ves meehun dhookollan govaanulee.

  • Ibrahim Shiyam މެއި 3, 2025

    Suoodhakah neyn geyne kuvverin dhoo kiraakah

  • Aidha Ibrahim މެއި 3, 2025

    Meenaa Ruheey Veriyeh Migauoomakunetheey BogaaKamaa Kiburuveri kamun HahdhuFahanaalhaafa

  • Sultan Ameeru Sultan Ameeru މެއި 11, 2025

    Mee varah varugadha meeheh kamah dhuvaakuramun ahna fratheh thankoheh kureesure meenayah dhevifaivaa nameh mister 500 meenaa kaireen hidhumah howdhafaivaa gina meehunah ehkan ehgeine ..

Leave a Reply to Ahmed Midshan Cancel reply