ޖުލައި 1, 2025

ޒުވާނުންގެ މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ނިންމައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން އެގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ މުޒާހަރާގެ ޒުވާނުން އެ މީހުންނަށް ބޭނުންވާ އާލަތާތްތައް ފޯރުކޮށްދިނުމަށާއި އެ މީހުންނަށް ބޭނުންވާ ”މޯރަލް ސަޕޯޓް“ ދިނުމަށް އެމްޑީޕީގައި އެދިފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީން އެ ސަޕޯޓް ޒުވާނުންނަށް ދިނުމަށް ފަހަތަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ ހައްގުތައް ހޯދާ ކަމަށްވަންޏާ ޕާޓީއަކުން ކުރި ކަމުގައިވިޔަސް، ވަކިވަކި ފަރުދުން ކުރި ކަމުގައިވިޔަސް ކޮންމެ ކަމަކީ ވެސް ސިޔާސީ ކަންކަން. ޒުވާނުންގެ މި ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫން،“ ފައްޔާޒް ވިދާޅުވި އެވެ.

”އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ގޮތްތަކަކަށް އެބޭފުޅުންގެ އެ އިހުތިޖާޖު ކުރުމާ ދޭތެރޭގައި ދައުލަތުން އަމަލުކުރަމުންދާއިރުގައި އަޅުގަނޑުމެންނަކަށެއް އެކަމާ ކަންބޮޑުނުވެ ތިބެވޭކަށެއް ނެތް. އަޅުގަނޑުމެން އެކަމަށް އަޑު އުފުލަންޖެހޭ.“

އޭގެއިތުރުން ފައްޔާޒް ވިދާޅުވީ ޒުވާނުންގެ ފަރާތުން އެމްޑީޕީގައި އެދިފައި ވަނީ މުޒާހަރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް އާލާތްތައް ފޯރުކޮށްދީ، މުޒާހަރާގައި ބައިވެރިވުމަށް ކަމަށެވެ. އެގޮތުން އެކަން އެ ޕާޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެ

7 Comments

  • Mariie Mohamed މެއި 2, 2025

    Hehe..dyga mahah maagina dhuvahaku noavevunu dho?

  • Mee Abdhulla މެއި 2, 2025

    ބޭބެ މެން މުޒާހަރާކޮށް މުސްކުޅިވިއިރުވެސް މިކަމާ ނޫޅުމެންނޫންތޯ… ޒުވާނުންނަށް ދޫކޮށްލާ ދެން މިފަހަރު… މިކަމާ ނުވޭ… އަމިއްލަ ފައިދާއަށް ހަޑި ހާވަން ތިޔައުޅެނީ .. ބިމަށް ބޯ ހަރައިގެން ތިބި ގޮތަށް ތިބެލާ…

  • Ahmed Hameed މެއި 3, 2025

    Zuvaanun dhedhuniyein gelluvaali party ”MDP“ 🤬🤬🤬

  • Fathimath Raidha މެއި 3, 2025

    Feshee vs mdp adeega ovehgen

  • Aamakaol Yvyehd މެއި 3, 2025

    Thijehenee anekkaa anehbalaaverikan

  • Ahmed Ibraahim މެއި 3, 2025

    ޒުވާނުންނަން ދިން އަލަތުކައިވެނި ފުލެޓް ތަށް ބޮޑުންނަށްދިބައެއް ޒުވާނުންނޭކިޔަން ލަދެއްނުގަނޭތަ

  • Sultan Ameeru Sultan Ameeru މެއި 11, 2025

    😆

Leave a Reply to Mee Abdhulla Cancel reply