މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން އެގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ މުޒާހަރާގެ ޒުވާނުން އެ މީހުންނަށް ބޭނުންވާ އާލަތާތްތައް ފޯރުކޮށްދިނުމަށާއި އެ މީހުންނަށް ބޭނުންވާ ”މޯރަލް ސަޕޯޓް“ ދިނުމަށް އެމްޑީޕީގައި އެދިފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީން އެ ސަޕޯޓް ޒުވާނުންނަށް ދިނުމަށް ފަހަތަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ހައްގުތައް ހޯދާ ކަމަށްވަންޏާ ޕާޓީއަކުން ކުރި ކަމުގައިވިޔަސް، ވަކިވަކި ފަރުދުން ކުރި ކަމުގައިވިޔަސް ކޮންމެ ކަމަކީ ވެސް ސިޔާސީ ކަންކަން. ޒުވާނުންގެ މި ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫން،“ ފައްޔާޒް ވިދާޅުވި އެވެ.
”އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ގޮތްތަކަކަށް އެބޭފުޅުންގެ އެ އިހުތިޖާޖު ކުރުމާ ދޭތެރޭގައި ދައުލަތުން އަމަލުކުރަމުންދާއިރުގައި އަޅުގަނޑުމެންނަކަށެއް އެކަމާ ކަންބޮޑުނުވެ ތިބެވޭކަށެއް ނެތް. އަޅުގަނޑުމެން އެކަމަށް އަޑު އުފުލަންޖެހޭ.“
އޭގެއިތުރުން ފައްޔާޒް ވިދާޅުވީ ޒުވާނުންގެ ފަރާތުން އެމްޑީޕީގައި އެދިފައި ވަނީ މުޒާހަރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް އާލާތްތައް ފޯރުކޮށްދީ، މުޒާހަރާގައި ބައިވެރިވުމަށް ކަމަށެވެ. އެގޮތުން އެކަން އެ ޕާޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެ




7 Comments
ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން