ޓޫރިޒަމް ނެތް ފަސް އަތޮޅެއްގައ އިންވެސްޓްކުރަން މިމަހު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަދި ލ. އަތޮޅަށް ޓޫރިޒަމް ފުޅާވެފައިނުވާ ކަމަށެވެ. އެހެންވެ ސަރުކާރުން ވަނީ އެ އަތޮޅުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައި ކަމަށެވެ.
”ފަސް އަތޮޅަށް އެކަނި ސަންސެޓް ކްލޯޒެއް ލާފައި ހުޅުވާލުމަށް. އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ. މި އާއެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތައް ލިބިގެންދާނެ ކަމަށް މި ބަލަނީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވަކި މުއްދަތަކަށް ދެވޭ މި ލުއިތައް، މި ފަސް އަތޮޅުން ވެސް އާންމު އަދަދުތަކުން ޑިޔުޓީ އާއި ޓެކްސް ނަގަން ފެށޭނެ އެވެ.
މި ފަސް އަތޮޅުގެ އިތުރުން، އައްޑޫއަށް ވެސް ކްރޮސް ސަބްސިޑީގެ އުސޫލުން ޓޫރިޒަމްގެ ބިޔަ މަޝްރޫއުއެއް އިއުލާނުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި