ބޭސް ލިބުން ދަތިވީ ވިޔަފާރިވެރިން ގަސްދުގައި ބޭސް ގެނައުން ހުއްޓާލުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކިފާނު ވިދާޅުވީ މީގެ ކުރިން 1000 ޕަސަންޓާއި 2000 ޕަސަންޓުގެ ފައިދާ ލާފައި ބައެއް ފާމަސީތައް ހިންގާ ވިޔަފާރިވެރިން ބޭސް ވިއްކި ކަމަށާއި އާސަންދަ ރިފޯމުގެ ދަށުން ގެނައި ބަދަލުތަކާ އެކު ވިޔަފާރިތަކުން ކުރި ކަމަކީ ކުއްލިއަކަށް އެ ބޭސްތައް ގެނައުންހުއްޓާލީ ކަމަށެވެ.
އޭގެ ބަދަލު ހިފުމެއްގެ ގޮތުން ސަރުކާރަށް ޖެއްސުމަށް، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ހުއްޓާލި ކަމަށާއި ބޭހުގެ ދަތިކަން ކުރިމަތިވީ އެ ސަބަބާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
”ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،“ ރައީސް ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ އިތުރުން ދެން ހުރިހާ ބޭހެއް ގެނެސް އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި ބާކީ ހުރި 308 އަށް އޯޑަރު ދީ، 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.




17 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި