ރާއްޖޭގައި ތިބީ އިންޑިއާގެ 74 ސިފައިން ކަމަށާއި އެ އެންމެން އަނބުރާ ގެންގޮސްފައިވާކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގައްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު، ގައްސާނާ ސުވާލު ކުރެއްވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާގޮތަށް އިންޑިއާގެ އެތައްހާސް ސިފައިން ރާއްޖޭގައި ތިބިކަމަށާއި އެ އެންމެން ފޮނުއްވާލައްވާނެކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެން އެ އެންމެން ފޮނުވާލައްވާފައިވޭތޯ އޮޅުންފިލުއްވުމަށެވެ.
އެ ސުވާލާ ގުޅިގެން ގައްސާން ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި ހުރިހާ ސިފައިންނެއް ދެގައުުގެ ދެމެދުގައި އޮތް ގާތް ގުޅުުގެ ތެރެއިން އިންޑިއާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އިންޑިއާއިން ގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވި ސިފައިންގެ އަދަދު:
ހދ. ހަނީމާދޫން، ހަތެއް އޭޕްރީލް 2024 ގައި 12 ސިފައިން
ނުވައެއް އޭޕްރީލް 2024 ގައި 13 ސިފައިން
ލ.ކައްދޫން، ހަތެއް މެއި 2024 ގައި 13 ސިފައިން
ނުވައެއް މެއި 2024 ގައި 12 ސިފައިން
އައްޑޫސިޓީން، ހަތެއް މާޗް 2024 ގައި 12 ސިފައިން
ނުވައެއް މާޗް 2024 ގައި 12 ސިފައިން
މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދިޔައީ، ދެގައުމުގެ ދެމަދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށްވެސް މިނިސްތަރު ވިދާޅުވިއެވެ.




3 Comments
ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް