އައްޑޫ ސިޓީ ގަމުގައި ގަމުގައި ވަކި އެއާޕޯޓެއް އޮތަސް އެ ސިޓީ ހުޅުމީދޫއަށް ވެސް ވަކި އެއާޕޯޓެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑ)މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލިހާށް މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލް ފޮނުވައިފަ އެވެ. މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބިލަޑް ބަހުސް ކުރައްވަމުން ޝާޑު ވިދާޅުވީ ހުޅުދުއާއި މީދުއަކީ އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކެއް ކަމަށެވެ. ޝާޑު ވިދާޅުވީ އެއީ ކަނޑެއް ހުރަސް ކޮށްފައި ނޫނީ ނުދެވޭނެ ދެ ރަށް ކަމަށް ވާތީ ހުޅުމީދޫގެ ރައްޔިތުންނަށް ވަކިން ހާއްސަ އެއާޕޯޓެއް އޮންނަންޖެހޭނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ވެސް އަޅުގަނޑުމެން ކުރާނަން. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މި ތަނަށް އައިސްފައި މި ތިބީ. ރައްޔިތުން އަޅުގަނޑުމެން ގާތު މި އެދެނީ މި ތަރައްގީ އާއި ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް،“ ޝާހިދު ވިދާޅުވި އެވެ.
”މިއަދުގެ ސަރުކާރުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ވައުދުތަކެއް ވެފައި. އަޅުގަނޑަށް ޔަގީން އެ މަނިިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވެސް މިދަނީ ކުރަމުން.“
ޝާޑު އެގޮތަށް ވިދާޅުވިއިރު އައްޑޫގެ ގަން އެއާޕޯޓަކީ އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށްފައިވާ މިހާރު ވެސް ރާއްޖެއިން ބޭރުން ފުލައިޓު ޖައްސާ އެއާޕޯޓެކެވެ.
ހުޅުދުއާއި މީދޫގެ ޖުމުލަ އާބާދީއަކީ 3،074 މީހުނެވެ. ހުޅުދޫގެ އާބާދީއަކީ 1،182 މީހުންނެވެ. މީދޫގެ އާބާދީއަކީ 1،892 އެވެ.
ޝާޑު ވިދާޅުވީ ދުވާލަކު 3،00 އާއި 400 ރައްޔިތުން ހުޅުދުއާއި މީދުއާއި، ގަމާއި ފޭދުއާއި، ހިތަދުއާ ދޭތެރޭ ދަތުރުކުރާ ކަމަށެވެ.

3 Comments
ގުޅުންހުރި
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު