ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މިރޭ އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ނަޒީރު އަވަހާރަވީ އާލަސްކަންފުޅަށް އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ.
ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ.
ނަޒީރު ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެންނެވީ ފަތުރުވެރިކަން ވެސް ފެށިގެން އައި ދުވަސްވަރު، އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގި ޓްރެވަލް އެޖެންސީއިންނެވެ.
އެފަހުން 90ގެ އަހަރުތަކުގެ ކުރީކޮޅު ރިސޯޓު ތަރައްގީކުރަން ސަރުކާރުން ބީލަމަށް ހުޅުވާލި ފުރުސަތެއްގައި އެ ބީލަން ކާމިޔާބުކޮށް، މަކުނުދޫގެ ނަމުގައި ފުރަތަމަ ރިސޯޓު ހުޅުވި އެވެ.









