ގދ. ނަޑެއްލާ އިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން/ ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.
ފުލުހުން ބުނީ، އިއްޔެ މެންދުރުފަހު ދޭއް ޖަހާކަންހާއިރު ނަޑައްލާއަށް ކައިރިކުރި ’އިތުބާރު‘ ނަމަކަށް ކިޔާ ދޯނިން އެ ރަށަށް އާދަމް އިބްރާހިމް ފޭބި ކަމަށާއި ނަމަވެސް އެނބުރި ދޯންޏަށް އައިސްފައިނުވާ ކަމަށެވެ. އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:25 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި ނަމަވެސް އާދަމް އިބްރާހިމް ފެނިފައިނުވާ ކަމަށެވެ. އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
އާދަމް އިބްރާހިމް ނަޑެއްލާއަށް ދިޔަ ސަބަބެއް އަދި ނޭނގެ އެވެ.
ފުލުހުން ވަނީ އާދަމް އިބްރާހިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.




5 Comments
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި