ޖުލައި 1, 2025

ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕަބްލިކްސް ވޯކްސްއަށް ގެނައި އެކްސްކަވޭޓަރުތަކާއި ޑްރެޖަރުތަކާއި ލޭންޑިންކްރާފުޓައް ގެއްލިއްޖެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ ފަޅު ފުންކުރުމާއި ނެރު ފުންކުރުމަކީ އޭނާ ހަވާލުވެގެން ހުންނަ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ޕަބްލިކް ވޯކްސްގެ ޒިންމާއެއް ކަމަށެވެ. ފަޅު ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތްތައް މިހާރު ހުއްޓިފައި ހުރީ ޕަބްލިކް ވޯކްސްގެ ގާބިލުކަން ނެތުމުގެ ސަބަބުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

”މިދިޔަ ސަރުކާރުން ޕަބްލިކް ވޯކްސްގައި ހުރި، އެއީ ރައީސް ޔާމީނު ސަރުކާރުން ޕަބްލިކް ވޯކްސްއަށް ހޯދާފައި ހުރި ޑްރެޖަރުތަކާއި އޭގައި ހުރި ލޭންޑިން ކްރާފްޓުތަކާއި އެކްސްކެވޭޓަރުތަކާ މި އެއްޗެހި ވީތަނެއް ވެސް ނޭނގޭ، އެހެންވީމާ ހަގީގަތުގައި އެ އެއްޗެހިތައް ފެންނަން ނެތީމާ ޕަބްލިކް ވޯކްސްގެ އެއްވެސް މަސައްކަތެއް ކުރުމުގެ ގާބިލުކަން މިހާރު ނެތީމާ އެ މައްސަލަ އެހައި ބޮޑަށް އެ ދިމާވަނީ،“ އޭނާ ވިދާޅުވި އެވެ.

އެގޮތަށް މުއްތަލިބު ވިދާޅުވި ނަމަވެސް އެ އުޅަނދުތަކައް ވީގޮތެއް އަދި އެތަކެތި ހޯދަން މަސައްކަތެއް ކުރިކަން ހާމައެއް ނުކުރައްވަ އެވެ.

އޭނާގެ މިނިސްޓްރީގެ ޒިންމާއަކީ އެކި ފަރާތްތަކާ މަސައްކަތްތައް ހަވާލު ކޮށްގެން ކުރުވުން ކަމަށާއި މެއިންޓެނެންސް މަސައްކަތްތައް ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށެވެ.

11 Comments

  • Mohamed Nafiu މެއި 12, 2025

    Thikamugeves zinmaa neguveyne dhw eyruga thibi veringe.

  • Mohamed Hilmy މެއި 12, 2025

    Mihaaru VAANUVAA eh engey kamakah nuvey.

  • Ammadey Thdo މެއި 12, 2025

    މިނިސްޓަރ އަމީން މެންގެ ބަލާބަލަ ފެނިދާނެ.

  • Abu Aisha މެއި 12, 2025

    Fenfodhaka nula

  • E-Mau Ibrahim މެއި 13, 2025

    Aharumen athun mi gelleny wallet noonee thalhudhandi kahala ehchehi. Thi ehchehi gellenyaa evaahaka dhakkaane kameh neii

  • Ahmed Mohamed މެއި 13, 2025

    Gameh higaa than feney eba

  • Ahmed Hameem މެއި 14, 2025

    Mi gehluni karugai alhuvaa fashufulehviyaa

  • Ahmed Mohamed މެއި 15, 2025

    Thi vaanee kulhay kulhay ehchihsah 😄

  • Aiminath Naeema މެއި 16, 2025

    kuni kehi meehunah neygi ukaalevunee kamah vaanee ehaaves kudhi kudhi ethi kolhu thakeh viyyaa e ei😇🥲

  • Moosa Shiyam މެއި 16, 2025

    Vagunge sarukaaru

  • Loku Lockey މެއި 16, 2025

    Gellunei ki eh noon, ladaalei ey nubunan vegen dhw

Leave a Reply to Aiminath Naeema Cancel reply