ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތައް ރަނގަޅަށް ނުކުރެވެނީ މުވައްޒަފުންގެ ދަތިކަމާ ހުރެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ މުވައްޒަފުން މަދު ނަމަވެސް މިނިސްޓްރީގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
”ބައެއް ފަހަރަށް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވެނީ މުވައްޒަފުންގެ ދަތިކަމާ ހެދި، ވަކިން ހާއްސަކޮށް ސިވިލް ސާވިސް މުވައްޒަފުންގެ ދަތިކަމާ ހެދި އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވެނީ. އެހެން ނަމަވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ވީހާވެސް ބޮޑަކަށް، މަސައްކަތްތައް ބަހާލައިގެން ވަކި ޓާގެޓުތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ހާސިލުކުރުމަށް،“ ހައިދަރު ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅޭ ގޮތުން އެންމެ އާންމު ޝަކުވާއަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ފޮނުވާ މެއިލްތަކަށް ޖަވާބު ދިނުން ލަސްވުމާއި ލޯނުގެ ފައިސާ ނުލިބި ލަސްވާ ކަމުގެ ޝަކުވާ އެވެ. ހައިދަރު ކުރިން ވިދާޅުވެފައިވާ ގޮތުން ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލް އާއި ސިޓީ މިނިސްޓްރީއަށް ލިބެ އެވެ.
”މާކުރު މުއްދަތެއްގެ ތެރޭގައި ފައިސާގެ ކަންކަން ހަމަޖެހިގެން ދިޔުން އެދި އެކި ފަރާތްތައް މެދުވެރިކޮށް ފޯނުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔުމުން ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ އެ ސެކްޝަންތަކުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ކުރަމުން ދުވާލަކަށް ލިބޭ އީމެއިލްތަކަށް ޖަވާބު ނުދެވޭކަން ފާހަގަކުރަން،“ ހައިދަރު އެ ދުވަހު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވަނީ ލޯނުގެ ފައިސާ ދިނުން ލަސްވަނީ އެ ފައިސާ އެދޭއިރު ދަރިވަރުން މައުލޫމާތު ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.

18 Comments
ގުޅުންހުރި
މަޖިލިސް މެންބަރެއް މެދުވެރިނުކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަނީ
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް
ބަންޑާރަ ނައިބު އޮފީހުގެ ބާރުތަކެއް ރައީސްއަށް ލިބޭ ބިލު ފާސްކޮށްފި
ޝުޖާއުއަށް ޖޮއިންޓް ކޮމިޓީގެ މުގައްރިރުކަން ދީފި
މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މުސާރައެއް ނުލިބޭ: މެންބަރުން
ޕީއެންސީ ޕީޖީ ގްރޫޕާ ދެކޮޅަށް ފިތުނަ ފަތުރަން ޔާމީން ވަނީ އައްބާސަށް