ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިިކެއް ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ކްލިނިކަކީ މައްކާގެ އާބިރު ހޮސްޕިޓަލާ ގުޅިގެން ގާއިމުކުރި ތަނެއް ކަމަށާއި މިއީ ސައުދީ ހޮސްޕިޓަލަކާ ގުޅިގެން މިގޮތަށް ރަސްމީކޮށް ކްލިނިކެއް ގާއިމުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
އެ ކްލިނިކު ހުންނާނީ ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ކަމަށާއި ކްލިބިކުން ބޭސް ފަރުވާއާއި ހޮސްޕިޓަލް އެނދުވެސް ގާއިމުކޮށްފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.



