ގޭންގު ކުށްތައް ހައްލު ނުވެ އޮތީ ކުރީގެ ސަރުކާރުތަކުން އެކަން ކުރަން ބޭނުން ނުވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމުގައި ހުރި މައްސަލަތައް ހަގީގީ މާނައިގައި އިހުލާސްތެރިކަމާއެކު ހައްލު ކުރެއްވުމަށް ކަމަށެވެ. އެކަމަށް އެ މަނިކުފާނު ބޭނުންފުޅުވަނީ އެންމެންގެ އެއްބާރުލުން ކަމަށްވެސް ވިދާޅުވި އެވެ.
”މީގެ ކުރީގައި މި ރާއްޖޭގައި މި މައްސަލަ (ގޭންގުތަކުގެ މައްސަލަ) ހައްލު ނުވެ އޮތީ އެ ޕޮލިޓިކަލް ވިލް ނެތިގެން. އެ ނޫން އެއްވެސް ސަބަބެއް ނެތް. ގޭންގުތަކަށް ނުވަތަ އެކަމުގައި އުޅޭ ފަރާތްތަކަށް ދީލާލަނީ އަމިއްލަ މަސްލަހަތު. މިއަދު މި ފެންނަނީ އެކަން ބަދަލުވެފައި. މި ސަރުކާރަކުން ނުފެންނާނެ ކުރީގައި ފެނުނު ތަނެއް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ކަމެއްވިއްޔާ، އަޅުގަނޑުގެ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކުރަންޖެހޭ ކަމެއް ވިއްޔާ، އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި، ވަކި މީހެއްގެ މޫނަށް ކަނދުރާ ބެލުމެއް ނެތި ދިވެހި ގައުމުގެ ހައްގުގައި މި ގައުމުގައި މިހެން ހުރި ކަންކަން ހައްލުކުރުމަށް މިހުރީ ސާބިތުކަން މަތީގައި،“ ރައީސް ވިދާޅުވި އެވެ.

20 Comments
ގުޅުންހުރި
ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުގެ 33 ފޫޓު އަޑިން ފެނިއްޖެ
ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން އެރި އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ
ޑިންގީ އެއްގައި ދަތުރުކުރަން ނުކުތް ޒަކަރިއްޔާ އަދިވެސް ނުފެނޭ
ކަޅު ބާޒާރުގައި ޑޮލަރު އަގު 20 އަރައިފި
ޒުވާނުންނަށް ކުރާ ހޭދަ އިތުރުކުރަން ރައީސް ގޮވާލައްވައިފި