މެއި 26, 2025

ގައުމުގެ މައްސަލަތައް ހައްލުކުރަން ވަކި މީހެއްގެ މޫނަށް ކަނދުރާ އަކަށް ނުބަލާނަން: ރައީސް

ގައުމުގައި ހުރި ކަންކަން ހައްލުކުރަން ވަކި މީހެއްގެ މޫނަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމުގައި ހުރި މައްސަލަތައް ހަގީގީ މާނައިގައި އިހުލާސްތެރިކަމާއެކު ހައްލު ކުރެއްވުމަށް ކަމަށެވެ.

އެކަމަށް އެ މަނިކުފާނު ބޭނުންފުޅުވަނީ އެންމެންގެ އެއްބާރުލުން ކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ކަމެއްވިއްޔާ، އަޅުގަނޑުގެ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކުރަންޖެހޭ ކަމެއް ވިއްޔާ، އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި، ވަކި މީހެއްގެ މޫނަށް ކަނދުރާ ބެލުމެއް ނެތި ދިވެހި ގައުމުގެ ހައްގުގައި މި ގައުމުގައި މިހެން ހުރި ކަންކަން ހައްލުކުރުމަށް މިހުރީ ސާބިތުކަން މަތީގައި،“ ރައީސް ވިދާޅުވި އެވެ.

11 Comments

  • Gb Arth މެއި 25, 2025

    Manifufaanu kibayaku nethey thiya vidhaalhuvaafada ihulaasterikameh.

  • Mary Mariyam މެއި 25, 2025

    Wallet ashey you men balanee. Moonah kandhuraa akah nubalaey

  • Kuda Kappi މެއި 25, 2025

    ތަސްދީގު ކުރެވިދާނެ ކިތަންމެވަރަކަށް ވެސް!ދެރައީ ކަންކަމުގައި އަމަލީ ސިފަ ނުފެންނާތީ!ކޮންމެ ކަމެއް ވެސް ވަނީ ދައްކާލާ ވާހަކައަކަށް .

  • Ali Shahid މެއި 25, 2025

    Gang ulheytha kobaa list aa gang membarun ge thafseel..gang akee enmennah birakah vaathee

  • Ammadey Abraham މެއި 25, 2025

    Mi dhen kaaku
    Kobaa meenage massalathah

  • Ammadey Abraham މެއި 25, 2025

    Verikamah aee ukulhahu meehaku sihuru hadhaadheegen

  • Mariyam Zahira މެއި 25, 2025

    Dhemoonuge veriya

  • Badi Abdulla މެއި 25, 2025

    މި މިކިޔަނީ ވެސް ރޯބުހުތާން ދޮގު! މުނާފިގު ކައްޒާބު!!!

  • Farishath Fathimath މެއި 25, 2025

    Aneth dhogu

  • Ahmed John މެއި 25, 2025

    Thikan ingey rameez aa fazul aa hisaabun

  • Nasreena Adam މެއި 25, 2025

    Haggal mibonoo thedhei

Leave a Reply to Nasreena Adam Cancel reply