ގައުމުގައި ހުރި ކަންކަން ހައްލުކުރަން ވަކި މީހެއްގެ މޫނަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމުގައި ހުރި މައްސަލަތައް ހަގީގީ މާނައިގައި އިހުލާސްތެރިކަމާއެކު ހައްލު ކުރެއްވުމަށް ކަމަށެވެ.
އެކަމަށް އެ މަނިކުފާނު ބޭނުންފުޅުވަނީ އެންމެންގެ އެއްބާރުލުން ކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ކަމެއްވިއްޔާ، އަޅުގަނޑުގެ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކުރަންޖެހޭ ކަމެއް ވިއްޔާ، އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި، ވަކި މީހެއްގެ މޫނަށް ކަނދުރާ ބެލުމެއް ނެތި ދިވެހި ގައުމުގެ ހައްގުގައި މި ގައުމުގައި މިހެން ހުރި ކަންކަން ހައްލުކުރުމަށް މިހުރީ ސާބިތުކަން މަތީގައި،“ ރައީސް ވިދާޅުވި އެވެ.

21 Comments
ގުޅުންހުރި
މިއީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު
މައްކާ ރޫޓްގައި ރާއްޖެ ހިމެނުމުން އެނގެނީ ދެ ގައުމުގެ ދެމެދު އޮތް
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިއަކަށް ކުރީގެ ރައީސް ވަހީދު
ޝަމީމް މަރާލަން އުޅުނު މައްސަލަ ހައިކޯޓަށް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައި، ހަވާ އަރުވައިފި
ސިނގިރޭޓް އަގުބޮޑުކޮށް ވޭޕް މަނާކުރުމުން މޫނަށް ދުންބުރުވާ މީހުން މަދުވެއްޖެ: ރައީސް