މާލޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި އަހަރު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭނެކަމުގެ ލިޔުން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމަކަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓޭއް ކަށަވަރު ކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދުފުޅެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ނުވަތަ ފްލެޓް ދިނުމުގެ މަޝްރޫއުއަށް މި އަހަރު ހުޅުވާލައްވާނެ ކަމަށެވެ.
”އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް މުޅި މާލެ ސަރަހައްދު، ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދިނުމަށްޓަކައި ހުޅުވާލާނަން. ހުޅުވާލައި އެ ފަރާތްތަކުން ކުރިމަތިލާ، އެ ފަރާތްތަކަށް ރަސްމީ ގޮތުން އަޅުގަނޑުމެން ކަށަވަރުކަމުގެ ލިޔުން ދޭނަން. ލިޔުން ދޭނަން މި އަހަރު ނިމުމުގެ ކުރިން. އެއީ ޓާގެޓަކީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި އަހަރު ނިމޭއިރު، މާލޭގެ އެއްވެސް ރަށްވެއްސަކު އަމިއްލަ ވިޔަސް އަދި އާއިލީ ގޮތުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އުޅުން ނިމުމަކަށް ގެނައުމަކީ މި އަހަރުގެ އަމާޒު ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައިވެސް ފްލެޓް އެޅުމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.
އެގޮތުން އެ މަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ފެއްޓެވި ސިނަމާލެ ސަރަހައްދުގައި 2،000 ފްލެޓް އެޅުމުގެ މަޝްރޫއުއާއި ވިލިމާލޭގައި 500 ފްލެޓް އެޅުމުގެ މަޝްރޫއުގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މާލެ ސަހައްދުގައި 4،000 ފްލެޓް އެޅުން ހިމެނޭއިރު ރަސްމާލެ އިން ވަރަށް ބައިވަރު ފްލެޓް އަޅައި ގޯތި ދިނުމުގެ މާސްޓާ ޕްލޭނެއް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން 57 ރަށެއްގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދިއުމަށް ބިޑަށް ހުޅުވާލާފައިވާއިރު، އީދު ބަންދު ނިމޭ ހިސާބުން ބިޑު ބަލައިގަންނަން ފަށާނެ ކަމަށެވެ. އެއަށްފަހު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ ބަޖެޓުގެ ތެރެއިން އެ ހުރިހާ ރަށެއްގައި ފްލެޓް އަޅަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

74 Comments
ގުޅުންހުރި
ސައުދީގައި ޕްރޮފެސަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި، ޕްރޮފެސަރުގެ އަންހެނުން އައިސީޔޫގައި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް
އީދަކީ އުފާވެރި ހަނދާންތައް ގެނުވާ ދުވަހަކަށް ހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ