ހައްޖުގެ މަތިވެރި އަޅުކަމަށް މި އަހަރު ސައުދީ އަރަބިއާ އަށް ދިޔަ 11 ހައްޖުވެރިއެއްގެ އޯޕަން ހާޓް ސާޖަރީ ސައުދީގައި ހަދައިފި އެވެ.
މިދިޔަ ހުކުރު ދުވަހާ ހަމައަށް ހައްޖުގެ އަޅުކަމަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެފައިވާއިރު ހައްޖުވެރިންނަށް ފަރުވާ ދިނުމަށް އެންމެ ޒަމާނީ އާލާތްތަކާއި ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއެކު އެކުލަވާލާފައިވާ ޓީމުން ވަނީ 81،000 އަށްވުރެ ގިނަ ހައްޖުވެރިންނަށް ހިދުމަތް ދީފަ އެވެ.
އެގޮތުން މި އަހަރުގެ ހައްޖަށް ދިޔަ 11 މީހެއްގެ އޯޕަން ހާޓް ސާޖަރީ ހަދާފައިވާއިރު، ހިތުގެ ލޭހޮޅިއެއް ހިމަވެ ބަންދުވާ ގޮތް މެދުވެރިވުމުން ހަދާ ކާޑިއެކް ކެތެޓެރިޒޭޝަންސްގެ 120 ސާޖަރީ ހަދާފައިވެ އެވެ.
އަދި 48،900 ހައްޖުވެރިއަކަށް ހެލްތް ސެންޓަރުގައި ފަރުވާ ދީފައިވާއިރު، އެމަޖެންސީ ޑިޕާޓްމަންޓުން ވަނީ 19،219 ޕޭޝަންޓަކު އެޑްމިޓް ކޮށްގެން ފަރުވާ ދީފަ އެވެ. އޭގެ އިތުރުން އައުޓް ޕޭޝަންޓް ކްލިނިކުތަކަށް 949 ޕޭޝަންޓު ދައްކާފައިވާއިރު 3،515 ޕޭޝަންޓަކަށް އެނދުމަތިކޮށްގެން ފަރުވާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރެއިން 1،730 ޕޭޝަންޓަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގަ އެވެ.

ގުޅުންހުރި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށާނީ އަންނަ ހުކުރު ދުވަހު
ހައްޖުވެރިން ހައި ސްޕީޑް ރޭލުގައި މަދީނާއަށް، ބަހުގައި 8 ގަޑިއިރުން ކުރި
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން
އަލްހަމްދުﷲ! ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، އެންމެންގެ ހާލު ރަނގަޅު
ސައޫދީ ރަސްގެފާނުގެ ހައްޖު ދަތުރު ލިބުނު ފަލަސްތީން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް