”ކޮންމެ އަހަރަކުވެސް ހައްޖަށް ނުވަތަ އުމްރާއަށް ދިއުމަށް ބައްޕަ އުއްމީދުކުރޭ. މިފަހަރު، އެތައް އަހަރެއް ފަހުން ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުމުން ބައްޕަގެ ލޮލުން އޮހުރުނީ އުފަލުގެ ކަރުނަ. ގަބޫލުކުރަންވެސް ދަތިވި،“
އުމުރުން 98 އަހަރުގެ އަހުމަދު ތަމީމަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބުމުން ކުރެވުނު އިހުސާސް އޭނާ އާއެކު ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއާއަށް ގޮސް ހުރި ދަރިފުޅު މުހައްމަދު ކިޔައިދިނެވެ.
މިސްރުގެ ސޮހާގް ގަވަނޮރޭޓަށް އުފަން އަހުމަދު ތަމީމަކީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ މީހުން ހޮވުމަށް މިސްރުގައި ނަގާ ގުރުއަތުން ހޮވުނު 13،062 ހައްޖުވެރިންގެ ތެރެއިން އެކަކެވެ. އަދި އޭނާއަކީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސް ތިބި ހައްޖުވެރިންގެ ތެރެއިން އެންމެ ދުވަސްވީ އެކަކެވެ.
ހައްޖުގެ އަޅުކަމަށް ތަމީމް މަދީނާއަށް ދިޔައީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.
”މިކަން ފުރަތަމަ ފެށުނީ ރަހުމަތްތެރިއަކު ގުޅާފަ ބުނީ ހައްޖު ގުރުއަތުލުމަކަށް ބައްޕަގެ ނަން ނުލަންހޭ. ދެން ގުރުއަތުލުން އިންތިޒާމުކުރާ އޮފީހަށް ގުޅީމަ ބުނީ އެކަމަށް ކުރިމަތިލާން ބާކީ އޮތީ އެންމެ ދުވަހެކޭ. އޭރު އަހަރެމެން ކުރިމައްޗެއް ނުލަން. އެކަމަކު ރަހުމަތްތެރިޔާގެ ފޯން ކޯލަށްފަހު ގުރުއަތުގައި ބައްޕަގެ ނަން ބައިވެރިކުރީ. އަލްހަމްދުﷲ ބައްޕަގެ އުމުރުގެ ސަބަބުން ރިޒާވް ލިސްޓުން ޖާގަ ލިބުނު،“ ތަމީމްގެ ފިރިހެން ދަރިފުޅު މުހައްމަދު އަރަބް ނިއުސްއަށް ބުންޏެވެ.
މުހައްމަދު ބުނީ، ބައްޕައަކީ އަޑުއިވުމާއި ހިނގުމުގައި ދަތިކަމެއް ހުންނަ މީހެއް ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް އެއްވެސް މީހެއްގެ އެހީތެރިކަމަށް ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
”ބައްޕަ އަބަދުވެސް ބުނާނެ، މިއީ ލިބުނު ފުރުސަތަކޭ. މާތް ﷲ އޭ އެ ފުރުސަތު ބައްޕައަށް ދެއްވީ. އެހެންވީމަ އެންމެ ފުރިހަމައަށް ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވެޔޭ،“ މުހައްމަދު ބުންޏެވެ.

ގުޅުންހުރި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި
އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފި، ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލު