އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި ވަގުތު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި ތިބި އެކަކުވެސް ސަލާމަތްވެފައި ނުވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.
ބޯއިން 787-8 ޑްރީމްލައިނާގެ އެ މަތިންދާބޯޓު ވެއްޓުނު އިރު، އެ ބޯޓުގައި ދެ ކެޕްޓަނުންނާއި 10 ކެބިން ކްރޫ އާއެކު އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހަކާއި ޕޯޗުގަލްގެ ހަތް މީހަކާއި ކެނެޑާއަށް ނިސްބަތްވާ މީހަކާއެކު ޖުމުލު 242 މީހުން ދަތުރުކުރި އެވެ.
އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު އެމްއެސް މާލިކުއާ ހަވާލާދީ ދަ އެސޯސިއޭޓެޑް ޕްރެސް އަދި އަލްޖަޒީރާގެ އިތުރުން އިންޑިއަން އެކްސްޕްރެސް ފަދަ ނޫސްތަކުގައި ބުނެފައިވާ ގޮތުން ފްލައިޓް ވެއްޓުނު ހާދިސާގައި އޭގެން ދަތުރުކުރި އެންމެންވެސް ވަނީ މަރުވެފަ އެވެ.
ފްލައިޓު ވެއްޓުނު ހާދިސާ އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން ތަހުގީގު ކުރަން ނިންމާފައިވާއިރު އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އަދި ޑިރެކްޓަރު އޮފް އިންވެސްޓިގޭޝަން އަހުމަދުއާބާދަށް ދަތުރުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ މަތިންދާބޯޓު ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައިވާއިރު ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ. ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށްވާ ގޮތަށެވެ.

11 Comments
ގުޅުންހުރި
ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން އަހަރަކު 500 ޑޮލަރު ދެނީ!
ނިކޯބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމުގެ
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި