ޖޫން 15, 2025

ފުލުހުންގެ އިންޒާރު: މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނަން، ލިބޭނީ ދެ ދުވަސް ފަހުން!

މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށާއި އެގޮތަށް ނަގާ ވެހިކަލެއް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މަޖީދީމަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތަށް ޓޯކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެހެންވެ ފުލުހުން ވަނީ ޕާކިން ޒޯންގައި ޕާކު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

6 Comments

  • Muhammad Ibrahim ޖޫން 12, 2025

    Biru dhekumaa aharen abadhu ves dhekolhu 🙏

  • Fathimath Azuna ޖޫން 12, 2025

    Fathona Fahthi Nama Nama park nukuraathi😂😂😂

  • Ummu Noah ޖޫން 12, 2025

    ރަނގަޅު. ޕޭމަންޓު މަތީގައާއި ހުރަސްކުރަން ހުންނަ ތަންތަނުގަ ޕަާކް ކޮށްފަ ހުންނާތީ ވަރަށް ދެރަވޭ. ހީވާ ކަހަލަ ދުއްވަން ވެހިކަލް ލިބުމާއިއެކު އަދަބު އަޚްލާގު ވިސްވިހެން.

  • Bittu Brw ޖޫން 13, 2025

    Negumah fahu dhen nudhy

  • Alo Ha ޖޫން 13, 2025

    henveyru Police station kaari heyo emyhunnge fas varakah vehicle jahaafa othas emyhunnah undhagu nuvias rayyithunnah undhagu vey ethaan ehchis ohnaa thyve raajjeyga vaki bayakah dho gaanoonu ohnanee hadhaafa ?

  • Ju Ma IL ޖޫން 14, 2025

    Majeedhee magu ekani kae men nukume traffic balahatani ehen huihaa thaneh ga cone jahaafa majeedhee magah ves nunikume vaane gotheh thibalani

Leave a Reply to Ju Ma IL Cancel reply