އިޒްރޭލުން ރޭ ދަންވަރު ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި އެވެ.
އިރާންގެ ފާސް ނިއުސް އެޖެންސީން ވަނީ އީރާންގެ ގޮމް ސިޓީގައި ހުންނަ ޖަމްކަރާން މިސްކިތުގައި ރަތް ދިދަ ނަގާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުކޮށްފަ އެވެ.
އީރާނުން ނަގާ ރަތް ދިދައިގެ މާނައަކީ، ނުހައްގުން ލޭ އޮހޮރުވާލީ ކަމާއި އެކަމުގެ ބަދަލު ހިފަން ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ކަމެކެވެ. އީރާނުގެ މިސްކިތްތަކުގައި އާންމު ގޮތެއްގައި ރަތް ދިދަ ނަގަނީ މުހައްރަމު މަހުގަ އެވެ. އެ މަހުން ބޭރުގައި ރަތް ދިދަ ނެގުމަކީ ވަރަށް ނުކުރާ ކަމެކެވެ.
އީރާނުން ބަދަލުހިފުމުގެ ރަތް ދިދަ ނަގާފައި މި ވަނީ އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގޭރީ އާއި އީރާނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީ އަދި ހަ ނިއުކްލިއާ ސައިންޓިސްޓުން އަވަހާރަކޮށްލާފައި ވަނިކޮށެވެ.
ތާރީހަށް ބަލާއިރު މުހައްރަމު މަހުގެ ބޭރުން ރަތް ދިދަ ފުރަތަމަ ފަހަރަށް ނެގީ 2020 ގައެވެ. އެއީ އެމެރިކާ އިން ދިން ހަމަލާއެއްގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.
އެ ފަހުން މިދިޔަ އަހަރުގެ ޖުލައި މަހުވެސް އިރާނުން ރަތް ދިދަ ނެގި އެވެ. އެ ފަހަރު އެ ދިދަ ނެގީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ގަތުލުއާންމާ ދެކޮޅަށް ޖިހާދުކުރާ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުންނެވެ. ހަނިއްޔާ އަވަހާރަކޮށްލީ އީރާނުގެ އާ ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާނުގެ ވެރިރަށް ތެހެރާން ގައި ހުންނަވަނިކޮށެވެ.

15 Comments
ގުޅުންހުރި
ޖެން ޒީންގެ ރުހުމާއެކު ނޭޕާލުގެ ވަގުތީ ބޮޑުވަޒީރު ކަމަށް އެ ގައުމުގެ
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!