އޮކްޓޯބަރ 31, 2025

އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!

އީރާނުން އިޒްރޭލަށް 100 މިސައިލް ފޮނުވާލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުން އީރާނުން ދީފައިވަނީ ބެލިސްޓިކް މިސައިލް ހަމަލާއެކެވެ. އެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކުން ސައިރެންގެ އަޑު ކެނޑިނޭޅި އިވެމުންދާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން އީރާނުން އިޒްރޭލަށް ފޮނުވާލާފައިވަނީ ސުޕަސޮނިކް މިސައިލްތަކެކެވެ.

އަލްޖަޒީރާގައި ބުނެފައިވާ ގޮތުން އީރާނުން ފޮނުވާލި ހަމަލާއެއް ވަނީ އިޒްރޭލަށް އަރައިފަ އެވެ. އެގޮތުން އިޒްރޭލުގެ ވެރިރަށް ތެލް އަވީވުން އެއްޗެއް ގޮވި އަޑާއެކު ދުންތަކެއް އަރާތަން ޓީވީތަކުން ވަނީ ދައްކައިފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ޝެލްޓާތަކާއި ސޭފް ރޫމްތަކުގައި ތިބުމަށް ދަނީ އަންގަމުންނެވެ.

4 Comments

  • Shuaib Naseer ޖޫން 13, 2025

    الله أكبر الله أكبر الله أكبر

  • Xee Zeena ޖޫން 13, 2025

    Alhamdhulillahi 🤲

  • Abdulla Shiyam ޖޫން 14, 2025

    Alhamdhulihlaahi

  • Siraj Ahmed ޖޫން 14, 2025

    Alhamdhulillahi 🤲

Leave a Reply to Abdulla Shiyam Cancel reply