ޖޫން 16, 2025

އީރާނަށް ދޭ ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެ ޓްރަމްޕް ރެކިއްޖެ

އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރެކިއްޖެ އެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާތަކަށްފަހު ދެ ގައުމުގެ ދެމެދު ވަނީ ވަރުގަދަ ހަނގުރާމައެއް ފެށިފަ އެވެ. އެގޮތުން ދެ ގައުމުންވެސް ހަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ.

ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގުރޫޕުން ހިންގާ ޓްރުތް ސޯޝަލް ޕްލެޓްފޯމުގައި ޓްރަމްޕް އެހެން ބުނުމަށްފަހު ވަނީ އީރާނަށް އިންޒާރެއްވެސް ދީފަ އެވެ.

”އެމެރިކާއަށް އެއްވެސް ގޮތަކަށް އީރާނުން ހަމަލާއެއް ދީފި ނަމަ، ކުރިން ނުފެންނަ މިންވަރަށް އެމެރިކާގެ އަސްކަރިއްޔާގެ ބާރާއި ފެންވަރު އީރާނަށް ދައްކާލާނަން،“ ޓްރަމްޕް ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނީ، އީރާނާއި އިޒްރޭލާ ދެމެދު ވަރަށް ފަސޭހަ އެއްބަސްވުމެއް ގާއިމުކޮށް، މި ލޭ އޮހޮރުވުން ނިމުމަކަށް ގެނެވިދާނެ ކަމަށެވެ.

9 Comments

  • Mohamed Imran ޖޫން 15, 2025

    Size 0

  • Hawwa Zahira ޖޫން 15, 2025

    Baiveri nuve hureveyne tha!!

  • Shifaly Areef ޖޫން 15, 2025

    Trump akee adi adin kulhey meeheh..

  • Hafsan Hassan ޖޫން 15, 2025

    Kalho birugatheetha

  • Ahmed Ahmed ޖޫން 15, 2025

    Ehen noonas mee hama bolu roiyjeh😁😳

  • Faroog Farukko ޖޫން 15, 2025

    Thee konme dhalhayakah gothakah enburey vahuthaaneh

  • Mahmoodh Naeem ޖޫން 15, 2025

    އީރާންގެ ކުޅަދާނަކަމާއި ފޯރުންތެރިކަންފެނިފައި ދެންރެކޭން އުޅޭނެކަމެއްނެތް ހީކުރިހެނެއްނޫން ކަންތައްމިވީކީ

  • Ahmed Azneem ޖޫން 15, 2025

    މަކަރުވެރި ހިޔަޅެއް

  • Shabana Sha Baā ޖޫން 15, 2025

    Rekifuthu 🤣🤣

Leave a Reply to Ahmed Azneem Cancel reply