މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމު ބިނާކުރުމުގެ މަސައްކަތުގައި އުޅޭއިރު، ސިޔާސީ ހަރަކާތްތަކަށް މިނިވަންކަން ނުދީ ކުރިއަށް ދެވެން ނެތް ކަމަށެވެ. ނަމަވެސް ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުވުމަށްފަހު އައި ކޮންމެ ވެރިކަމެއްގައި ވެސް ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މިނިވަންކަމަށް ފުރުސަތު ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ކަމަށާއި ގާނޫނީ އިމުން ބޭރުން އެއްވެސް ގޮތަކަށް ސިޔާސީ އެއްވެސް ފަރާތަކަށް އެއްވެސް ނުފޫޒެއް، ބާރެއް ނާންނާނެކަމުގެ ކަށަވަރުކަން ދެއްވަމުން ކަމަށެވެ. އަދި އެ ވައުދު ރައީސް ފުއްދަވާފައިވާ ކަމަށް ވިދާޅުވި އެވެ.
”މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތަހައްމަލުކުރަމުން ގެންދަނީ، މި ހިއްސާކުރަމުން ގެންދަނީ މާ އުފާވެރި ވެރިކަމެއް. ހުރިހާ ސިޔާސީ ފަރާތްތަކަށް މިނިވަންކަމާއެކު ސިޔާސީ މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވެރިކަމެއް. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ ބާރުތައް ލިބިލެއްވި ހިނދު، ޕީއެންސީ ވެރިކަމާ ހަވާލުވި ހިނދު، ދިވެހި ރައްޔިތުންނަށް ހުވާލީ އަމާން ވެއްޓެއް. ސިޔާސީގޮތުން އެއްވެސް މީހަކު ހައްޔަރުނުކުރެވި، ސިޔާސީ މަސައްކަތަށް ދޫކުރެއްވީ ގައުުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި،“ މިނިސްޓަރު ވިދާޅުވިއެވެ.

13 Comments
ގުޅުންހުރި
ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު: ރައީސް
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށަނީ
ބިން ނުހިއްކަން ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން މުޒާހަރާ ކުރަނީ