މުޅިން އާ އަދި އެޑްވާންސް ހަތިޔާރާއެކު ވަރުގަދަ ހަމަލާތަކެއް ދޭން އީރާނުން ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ވިދާޅުވެއްޖެ އެވެ.
އީރާނުގެ އަސްކަރިއްޔާގެ އެއްގަމު ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ކިއޯމާސް ހެއިދަރީއާ ހަވާލާދީ އީރާނުގެ ދައުލަތުން ހިންގާ އިރްނާ ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން އީރާނުން މިއަދު ވަނީ އިޒްރޭލުގެ ތެލް އަވީވް އަދި ހައިފާގެ ބައެއް ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އެ ހަމަލާތަކުގައި ސީދާ އަމާޒަށް ވާސިލުވާ އަދި ބޮޑެތި ގެއްލުންތަކެއް ލިބޭ އެތައް ސަތޭކަ ލޯން ރޭންޖް ޑްރޯންތަކެއް ބޭނުންކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”އަހަރެމެންގެ ދުޝްމަނުންނަށް އެބަ އެނގެންޖެހޭ އީރާނުގެ އަސްކަރީ ފައުޖުތަކުން، ހާއްސަކޮށް އެއްގަމު ފައުޖުތަކުން ވަރުގަދަ ހަމަލާތަކެއްގެ އާ ރާޅަކަށް ވަނީ ފެށިފައިކަން. އަދި ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި މުޅިން އާ އަދި އެޑްވާންސް ހަތިޔާރާއެކު ވަރުގަދަ ހަމަލާތަކެއް ދޭނަން،“ ހެއިދަރީ ވިދާޅުވެފައިވެ އެވެ.
އީރާނުގެ އަސްކަރިއްޔާ އިން އިއްޔެ ވަނީ އާ ސެލްފް ޑިސްޓްރަކްޓިން ޑްރޯނެއް ދައްކާލައިފަ އެވެ. ”ޝަހީދު 107″ގެ ނަން ދީފައިވާ އެ ޑްރޯނަކީ 1،500 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. ނަމަވެސް މިހާރު އީރާނާއި އިޒްރޭލާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގައި އެ ޑްރޯން ބޭނުންކޮށްފައިވާ ކަމެއް އަދި ޔަގީނެއް ނޫނެވެ.




12 Comments
ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ