ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބާއްވާ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަނުޖައްސައިދީފި ނަމަ، އެ ހަފުލާ ބާއްވާނީ މުލިއާގެ ކަންމަތީގައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ވަނީ ނަޝީދު ހިމެނޭހެން އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށްފަހު އެ ޕާޓީ އުވާލަން ނިންމައިފަ އެވެ. އެކަމަށް އެމްޑީޕީގެ އިސްވެރިން ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ފައްޔާޒް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދާއި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް، މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އެކި އިވެންޓުތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންގެންދާތީ، އެ ހަފުލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާ ކަމަށެވެ.
އެހެންވެ އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ގައި މުލިއާގެ ކަންމަތީގައި ކަމަށާއި އެމްޑީޕީއަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް އެ ހަފުލާއަށް ދައުވަތު އަރުވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެމްޑީޕީގެ ބައެއް އިސް މެންބަރުންނަށް ދާދި ފަހުން މެސެޖެއް ފޮނުއްވައިފަ އެވެ.

13 Comments
ގުޅުންހުރި
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގައި އެއް އަހަރުގެ ކުއްޖަކު ޖެހި ފަރުވާއަށް
4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި